ފިރިހެނަކު ތިބާދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީންކުރަން އެންމެ ފަސޭހަ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފިރިހެނަކު ތިބާދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީންކުރަން އެންމެ ފަސޭހަ ގޮތް-

ލޯބިވެގެން މިއުޅެވެނީ ތިމާ ދެކެ ޙަޤީޤީ ލޯބިވާ މީހަކުކަން ޔަޤީންކުރަން އެނގޭނެ ގޮތަކީ ކޮބައިކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންކަމުން މިގެނެސްދެނީ ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ 

ރަނގަޅު އަންހެނަކު މީހަކު ދެކެ ލޯބިވެއްޖެނަމަ ލޯބިވެރިޔާ ބޭނުންވާ ގޮތަށް އޭނާގެ ކަންކަން ބަދަލުކުރުމަކީ ބޮޑުކަމަކަށް ނުހަދާނެއެވެ. އަދި ކައިވެނިކުރުމަށްފަހު ފިރިމީހާ ބޭނުންވާ ގޮތަށް އޭނާގެ ހުރިހާ ކަންކަންވެސް ބަދަލުކުރާނެއެވެ.

ނަމަވެސް ޢާންމުކޮށް ބަލާނަމަ ފިރިހެނުންނަށް އެމީހުންގެ ކަންކަން ބަދަލުކުރުމަކީ އެހައިފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. ގިނަ ފަހަރު ކަންކަން ބަދަލުކުރިނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަލުން ބަދަލުވެ ކުރިން އުޅުނު ގޮތަށް އުޅެން ފަށައެވެ.  

އެކަން ފާހަގަކޮށް ތަޖުރިބާކާރުން ބުނާ ވާހަކައެއް ބުނެލާނަމެވެ. "ކިތަންމެ ގިނަ ފައިސާ ޚަރަދުކުރިޔަސް، ކިތަންމެ ގިނައިން ލޯބިވާކަމަށް ބުންޏަސް، ކިތަންމެ ބޮޑަށް އަޅައިލިޔަސް، އަދި ކައިވެނިކޮށް ދަރިން ހޯދިނަމަވެސް އެއީ ޙަޤީޤީ ލޯބިވެރިއެއް ކަމަށް ނުބަލާށެވެ! ނަމަވެސް އަނބިމީހާ ބޭނުންވާ ގޮތަށް ކަންކަން ބަދަލުކޮށް އެގޮތުގައި ދެމިހުރެއްޖެނަމަ އެއީ ޙަޤީޤީ ލޯބިވެރިއެކެވެ." މިއީ އޭނާ ތިބާދެކެ ޙަޤީޤީ ލޯބިވާކަން ދެނެގަންނަން އެންމެ ފަސޭހަ އަދި އެންމެ ޔަޤީން ގޮތެވެ.  

މިމެސެޖް އެކި ގޮތްގޮތަށް އެކިފަހަރުމަތިން ވާނީ ދީފައެވެ. މިމެސެޖް ތަކުރާރުކުރަންޖެހޭ ސަބަބަކީ އަނބިމިހާ ބޭނުންވާ ގޮތަށް ކަންކަން ބަދަލުކޮށް އެގޮތުގައި ހުރެވެނީ ވަރަށް މަދު ފިރިހެނަކަށް ކަމަށްވެފައި އެފަދަ ރަނގަޅު ފިރިއަކު ލިބުމުންވެސް ބައެއް އަންހެނުން އެކަމުގެ އަގުވަޒަންނުކޮށް އެމީހަކާއި ވަކިވާތީއެވެ.  

އަހުރެން ބުނާނީ އެފަދަ ފިރިއަކު ލިބިއްޖެނަމަ އެމީހަކާއި ވަކިވާން ހެޔޮނުވާނެއެވެ. ސަބަބަކީ އެފަދަ ފިރިން މަދުކަމެވެ. ވީމާ ދެން އެފަދަ ފިރިއަކު ނުލިބިދާނެކަމުގެ ބިރު ބޮޑުކަމުންނެވެ.

މިއީ ކައިވެނީގެ ކަންކަމުގައި ލަފާދޭ ދުނިޔޭގެ ފެންވަރުގެ މާހިރަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން