ދުނިޔެއިން ލިބޭ މިންވަރު މަދުވެ ހިތުގައި އުފެދޭ ކަންބޮޑުވުން ފިލުވައިލަން އެންމެ ފަސޭހަ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދުނިޔެއިން ލިބޭ މިންވަރު މަދުވެ ހިތުގައި އުފެދޭ ކަންބޮޑުވުން ފިލުވައިލަން އެންމެ ފަސޭހަ ގޮތް!

އަހުރެން މިދައްކަނީ އެންމެ ދަހި މީހުންގެ ވާހަކައެއް ނޫނެވެ. އެނޫން މީހުންގެ ތެރޭގައިވެސް ދުނިޔެއިން ތިމާއަށް ލިބޭ ނުވަތަ ޙާޞިލުކުރެވޭ މިންވަރު މަދުކަމުން ނުވަތަ ކުޑަވެގެން ކަންބޮޑުވާ މީހުން އުޅެއެވެ. އެމީހުން ވިސްނައިލަންވީ މިޙަދީޘްފުޅަށެވެ.  

Abu Hurayra reported that the Messenger of Allah, may Allah bless him and grant him peace, said, “Remember frequently the thing that cuts off pleasures,” i.e. death.” [at-Tirmidhi] 

ގިނަގިނައިން މަރުހަނދުމަކުރުމަކީ ދުނިޔަވީ އުފާތަކާއި މީހާ ދުރުހެލިކުރުވާނެ ކަމެއްކަން އަބޫހުރައިރާ ރިވާކުރައްވާފައިވާ މި ޙަދީޘްފުޅުން އެނގިގެންދެއެވެ. ވީމާ ކޮންމެ މީހަކީވެސް ގިނަގިނައިން މަރު ހަނދާންކުރާ އަދި އެހެން މީހުންނަށް މަރު ހަނދާންކޮށްދޭ މީހަކަށްވާށެވެ! އެކަމުން ލިބޭނެ ފައިދާ އެނގޭ ނަމަ ކޮންމެ މީހަކުވެސް އެކަން ކުރާނެއެވެ!  

މީހަކު މަރުވުމުން ރޮއި ކަރުނަ އަޅަންވީ އޭނާ މަރުވީތީއެއް ނޫނެވެ. އެހެނީ އޭނާ އެދިއައީ އެންމެ އޯގާތެރިވަންތަ ﷲ ތަޢާލާގެ ރަޙްމަތަށެވެ. ރޮއި ކަރުނަ އަޅަންވީ ތިމާ މަރުވެދާނެ ވަގުތަކަށްޓަކައެވެ. ގިނަގިނައިން ޖަނާޒާތަކުގައި ބައިވެރިވާންވީ އެ ސަބަބަށްޓަކައެވެ. ގިނަގިނައިން މަރު ހަނދުމަކުރުމަށެވެ. ކައްވަޅު ދުށުމަށްޓަކައެވެ. އެ ވަޅަށް ތިބާގެ ހަށިގަނޑު ތިރިކުރެވޭނެ ވަގުތާއިމެދު ވިސްނުމަށެވެ. 

މައްޔިތާ ކައްވަޅަށް ތިރިކުރުމަށްފަހު ފަސްލާއިރު ވިސްނަންވީ ތިބާގެ މައްޗަށް ފަސް ލެވޭނެ ވަގުތަށެވެ. ޖަނާޒާގައި ބައިވެރިވެ 3 މުށްލި މިއުކަނީ އެކަންކަން ހިތްމައްޗަށް ގެނައުމަށެވެ. އެކަންކަން ހިތްމައްޗަށް ނުގެނެވޭ މީހަކު ޖަނާޒާގައި ބައިވެރުމުން އެމީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

އެކަކު އަނެކަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ އަމަލަކީ، އެންމެ ފައިދާކުރާނެ އަމަލަކީ މަރު ހަދާންކޮށްދިނުމެވެ. ވީމާ ބައްދަލުވާ ކޮންމެ ފަހަރަކު މަރުގެވާހަކަ ނުދެއްކި ނަމަވެސް އެންމެ މަދުމިނުން ދުވާލަކު އެއްފަހަރު ނަމަވެސް އެކަކު އަނެކަކަށް މަރު ހަނދާންކޮށްދޭށެވެ! އެކަމުގެ ސަބަބުން ތިމާއަށްވެސް މަރު ހަނދާންކުރެވުން ގިނަވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން