ބަރަބޮލުން ޞިއްޙަތަށް ފައިދާހުރި މީރު ރެސިޕީއެއް ތައްޔާރު ކޮށްލައްވަން ބޭނުންފުޅުތޯ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބަރަބޮލުން ޞިއްޙަތަށް ފައިދާހުރި މީރު ރެސިޕީއެއް ތައްޔާރު ކޮށްލައްވަން ބޭނުންފުޅުތޯ؟

ސިއުޒާ

 

ބޭނުންވާނެ ތަކެތި:

-      ކުޑަ ބަރަބޮލެއް

-      1 ފޮނިތޮށި ކޮޅު

-      ހޫނު ފެން

-     2 ބިސް

-      2/1ޖޯޑު އޯޓްސް

-      2/1 ތަށި ދިޔާ ކިރު

-      1 ސައި ސަމުސާ ބޭކިންގ ޕައިޑަރ

-      1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

-      ރަހަ ލާވަރަށް ލޮނުކޮޅެއް

-      ބަޓަރ

-       

ބަރަބޮލުގެ އޮށްތައް ވަކި ކޮށްލާފައި ތޮށި މަށާލާށެވެ. އެއަށްފަހު މެދު މިނަކަށް ކޮށާލާށެވެ. ކޮށާލި ބަރަބޯ ކޮޅު ތަވައަކަށް އަޅައިލާށެވެ. އަދި ބަރަބޯ ކޮޅުގެ ތެރެއަށް ފޮނިތޮށި ކޮޅު ލުމަށް ފަހު ބޮރަބޯކޮޅު ފޮރުވޭ ވަރަށް ހޫނު ފެން ފޮދެއް އަޅާށެވެ. އަދި 15 ވަރަކަށް މިނިޓް ވަންދެން ކައްކާލާށެވެ.

ތަވާގައި ހުރި ފެނުން އެއްބައި ފަހުން ބޭނުން ކޮށްލުމަށް އެއްފަރާތް ކޮށްލާށެވެ. ބަރަބޯ ކޮޅު ރަނގަޅަށް ކެކުމުން ފެންފޮދުގެ ތެރެއިން ނަގާށެވެ. އަދި މިކްސަރަށް އަޅާލާށެވެ. އަދި ބަރަބޯކޮޅު ތެރެއަށް 2 ބިސް، 2/1 ޖޯޑު އޯޓްސް، 2/1 ޖޯޑު ދިޔާ ކިރު އަދި ކުރިން އެއްފަރާތް ކޮށްލި ފެންފޮދު އަޅާލާށެވެ. އަދި އޭގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ ބޭކިންގް ޕައިޑަރ، 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް އަދި ކުޑަ ލޮނުކޮޅެއް އަޅާލުމަށްފަހު ރަނގަޅަށް ހިމުންވަންދެން ގިރާލާށެވެ. މިއީ ވަރަށް މީރު އަދި ސިއްޙަތަށް ފައިދާ ހުރި އެއްޗެކެވެ.

ދެން ތަވާއެއް އުނދުން މައްޗަށް އުދާލުމަށްފަހު ތަވާގައި 2/1 ސައި ސަމުސާ ބަޓާރ އުނގުޅާލުމަށް ފަހު ގިރާލި ފުށްގަނޑުން ކުޑަ އެތިކޮޅެއް ތަވާ މައްޗަށް އަޅާލާށެވެ. އަދި ތަވާގައި މަތި ޖަހާލުމަށްފަހު ކުޑަ އިރުކޮޅަކު ބާއްވާލާށެވެ. އެއްފުށް ފިހެވުމުން އަނެއް ފުށް ޖަހާލާފައި ފިހެލަން ބާއްވާށެވެ. އަދި މިގޮތަށް ގިރާފައިވާ ފުށްގަނޑު އެއްކޮށް ފިހެލާށެވެ.  

މިއީ ރަހަ މީރު ވުމުގެ އިތުރުން ހަދާލަންވެސް އެހާމެ ފަސޭހަ ރެސިޕީއެކެވެ. ހެނދުނުގެ ނާސްތާއަށް ވަރަށް ކަމުދާނެއެވެ. ބޭނުންފުޅުނަމަ ސާވް ކޮށްލާއިރު މައްޗަށް މާމުއިފޮޅެއް އަޅާލެވިދާނެއެވެ.

 

--މިއަދުނޫސް

މިއަދު އޮންލައިން