ގެންގުޅޭ ނޯކަރުގެ އަގުވަޒަންކުރުމަކީ ފުރާނަ ސަލާމަތްވި ސަބަބުކަމަށްވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ގެންގުޅޭ ނޯކަރުގެ އަގުވަޒަންކުރުމަކީ ފުރާނަ ސަލާމަތްވި ސަބަބުކަމަށްވި އަންހެނެއްގެ ވާހަކަ-

އަހުރެމެންނަށް އޮތީ ނޯކަރުންނަށްވެސް ހެޔޮކޮށްހިތައިގެން ގެންގުޅުމެވެ. އެމީހުންގެ އަގުވަޒަންކޮށް އިޙްތިރާމްކޮށްގެން ގެންގުޅުމެވެ. އަހުރެމެންނަށް ގިނަ ފައިސާ ދެއްވަވައި ނޯކަރުން ގެންގުޅުމުގެ ފުރުޞަތު ދެއްވަވަނީ ﷲ ތަޢާލާއެވެ. އެއިގެ އިތުރުން އެމީހުންނަކީވެސް ހަމަ އަހުރެމެންފަދައިން ﷲ ތަޢާލާ ދުނިޔެއަށް ފޮނުވަވާފއަިތިބި ބައެކެވެ.  

އަހުރެން ކުޑަ ވާހަކައެއް ކިޔައިދޭނަމެވެ. އެއީ އެކުގައި ލޯބިން ދިރިއުޅުނު ދެމަފިރިންނެވެ. އެމީހުންނާއިއެކު ގޭގައި ގެންގުޅެނީ ނޯކަރަކާއި އަނބިމީހާގެ އަންހެން ކޮއްކޮއެވެ. ހިތާމަހުރި ކަމަކަށްވީ ކޮއްކޮޢާއި ފިރިމީހާ ލޯބީގެ ގޮތުން ގުޅުމެވެ. ހަމައެކަނި ލޯބިވެ ގުޅުން ހިންގީއެއް ނޫނެވެ. ދެމީހުންވެގެން ރޭވީ އަނބިމީހާއަށް ބޭހެއްދީގެން ސިކުނޑި ގޮއްވާލައި މޮޔައަކަށް ހަދައި އޭނާގެ ތަނަވަސްކަމަށް ވެރިވެގަތުމަށެވެ.  

އެމީހުންގެ މަކަރުވެރި ޜޭވުން ފަޅާއަރުވައިލީ ނޯކަރެވެ. ހެކި ހޯދާފައެވެ. ދެމީހުންގެ ޢަމަލުތައް ވީޑިއޯކޮށްގެންނެވެ. ދައްކަމަުން ގެންދިއަ ވާހަކަތައް ރެކޯޑްކޮށްގެންނެވެ. މެޑަމަށް ހުރިހާ ޙަޤީޤަތްތަކެއް ކިޔައިދިނުމަށްފަހު ބުނީ މެޑަމް އޭނާއާއިމެދު ކަންތައްކުރާލެއް ރަނގަޅުކަމުން މެޑަމަށް އެފަދަ ދެރައެއް ލިބެން ނުރުހެވުނީ ކަމަށެވެ.  

ނިކަން ވިސްނައިލަބަލާށެވެ. ނޯކަރު ބޭނުންވިނަމަ އެކަމުގެ އަގަކަށް އެފިރިމީހާގެ އަތުން އޭނާ ބޭނުންވަރަކަށް ފައިސާ ހޯދެން އޮތްއިރުވެސް އޭނާ އެއިޚްތިޔާރުކުރީ މެޑަމަށް ތެދުވެރިވުމަށެވެ. އެއީ އޭނާގެ ހެޔޮކަން ބޮޑުވީމައެވެ. އަހުރެމެން ވިސްނައި ޢިބްރަތް ޙާޞިލްކުރަންވީ މިފަދަ ޙާދިސާތަކުންނެވެ.  

އަހުރެންގެ ނަޞީޙަތަކީ އެންމެންނަށްވެސް ހެޔޮކޮށް ހިތުމެވެ. ނޯކަރުންކަމަށްވީތީ ދެރަކޮށް ނިކަމެތިނުކުރާށެވެ. އެއީ ތިބާއަށް ބޮޑެތި ދެރަތައް ލިބެން އަންނަ އެތައް ކަމަކުން ތިބާ ސަލާމަތްކޮށްދޭނެ ކަމެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން