ﷲ ގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް މަތިވެރިކަން ދެއްވަވާނެ! ދެއްވަވާނެ ޘަވާބުގެ ބޮޑުކަން ޚިޔާލަށްވެސް ނުގެނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ﷲ ގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް މަތިވެރިކަން ދެއްވަވާނެ! ދެއްވަވާނެ ޘަވާބުގެ ބޮޑުކަން ޚިޔާލަށްވެސް ނުގެނެވޭނެ!

މިހާރަކަށް އައިސް ގިނަ ބައަކަށް މަގުގެއްލިގެންދަނީ އިވޭ ވާހަކަތައް ޤަބޫލުކުރެވޭތީއެވެ. މުސްލިމުން ވާންޖެހޭނީ ދީނުގައި އޮތް ގޮތް އުނދެނި އެކަންކަން ފަތުރާ މީހުންނަށެވެ. ގާތް އެކުވެރިންނާއި ޙިއްޞާކުރުމަކީވެސް ދީން ފެތުރުމެވެ. ދީނަށް ނަޞްރުދިނުމެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހަކަށް އެކަލާނގެ ނަޞްރު ދެއްވަވާނެތެވެ. ގިނަގިނަ ޘަވާބާއި ދަރުމަ ދެއްވަވާނެތެވެ. ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ  ގުޅުންހުރި ލިޔުމެއް-: 

ޞަޙީޙު މުސްލިމްގައިވާ ޙަދީޘެއްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (رأيت رجلاً يتقلب في الجنة في شجرة قطعها من ظهر الطريق كانت تؤذي المسلمين) މާނައީ: "މުސްލިމުންނަށް އެއިން އުނދަގޫވާ ގޮތަށް މަގުމަތީގައިވާ ގަހެއް ކަނޑައިގެން (އެކަމުގެ އަޖުރެއްގެ ގޮތުން) ސުވަރުގޭގެ ނިޢުމަތުގައިވީ މީހަކު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމުއެވެ." 

މުސްލިމުންގެ ޢަޤީދާއަށް ދީނުގެ ޢަދުއްވުން ކުރިމަތިކުރާ ޝުބުހަތަކާއި، އަޚްލާޤިއްޔާތަށް ކުރިމަތިކުރާ ފާޙިޝް ނަޖިސް ކަންކަމާއި، ބުއްދިއާއި ފިކުރަށް ކުރިމަތި ކުރާ ކުފުރާއި އިލްޙާދުގެ ފިކުރުތަކުން އެ މާތް މަތިވެރި ޢަޤީދާއާއި އެ މާތް މަތިވެރި އަޚްލާޤިއްޔާތާއި، ހެޔޮ ބުއްދި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި، އެ ކަންކަމާ ދެކޮޅަށް ރެއާއި ދުވާލު ބުރަ މަސައްކަތްކުރާ މީހުންގެ ސަވާބާއި ދަރުމަ ހުންނާނެ ވަރު ނިކަން ވިސްނަވާށެވެ. 

މާތް ﷲ އަޅުގަނޑުމެން އެންމެނަކީ ވެސް އެ އިލާހުގެ ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި ލައްވައި އިސްލާމްދީނަށް ޚިދުމަތް ކުރާ ބަޔަކު ކަމުގައި ލައްވާށި... އާމީން!

 

- ލިޔުން: ޝައިޚް ޝަފީޢު ޢަބްދުﷲ

- ސުރުޚީ: މިއަދުނޫސް

 

މިއަދު އޮންލައިން