ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން ޤުރްއާން ކިޔެވިނަމަވެސް މިއަދަބުތަކުގަ ހިގަހައްޓާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން ޤުރްއާން ކިޔެވިނަމަވެސް މިއަދަބުތަކުގަ ހިގަހައްޓާށެވެ!

ކީރިތި ޤުރްއާން ކިޔެވުމުގައި އެންމެ މުހިންމު ކަމަކީ އަދަބުތަކުގައި ހިފަހައްޓައިގެން ކިޔަވަން މަސައްކަތްކުރުމެވެ. ވީމާ އަދަބުތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. ކިޔެވުމުގެ ފުރިހަމަ ފައިދާ ކުރާނީ އެއިރުންކަމަށްވާތީއެވެ.  

﷽ 

ޤުރްއާނަކީ މާތްﷲގެ ކަލާމްފުޅެވެ. އެއީ އިންސާނުންނަށް ބާވައިލެއްވި އެންމެ މަތިވެރި ފޮތެވެ. އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ޤުރްއާން ކިޔެވުމުގައި އަދަބުތަކެއް ހިފަހައްޓަން ޖެހެއެވެ. މިއަދު އަޅުގަނޑުމެން ޤުރްއާން ކިޔަވަނީ ތަފާތު ގޮތްގޮތުންނެވެ. އޭގެ ތެރޭގައި ފޯނުން ކިޔެވުމާއި، ހިތުން ކިޔެވުމާއި އަދި މުޞްޙަފުން ކިޔެވުން ހިމެނެއެވެ. މި ގޮތްތަކުން ކިޔަވާއިރު ވިސްނަންޖެހޭ ބައެއް މުހިންމު ކަންތައްތައް ތިރީގައި މިވަނީއެވެ. 

ފޯނުން ކިޔަވާއިރު ވިސްނަންވީ ކަންތައްތައް: 

1. ފޯނު ސާފުތާހިރުކޮށް ބެހެއްޓުން.

2. ވިސްނުންތެރިކަމާއި އެކު ކިޔެވުނ

3. ޤުރްއާން އެޕްލިކޭޝަން ބޭނުންކުރާއިރު އެހެން އެޕްތަކަށް ނުދިއުން.

4. ފޯނު ނަޖިސް ތަނެއްގައި ނުބެހެއްޓުން. (ނުބޭއްވުން)

5. ކިޔަވަމުންދާއިރު ފޯނަށް އަންނަ މެސެޖްތަކަށް ސަމާލުކަން ނުދިނުން.

ހިތުން ކިޔަވާއިރު ވިސްނަންވީ ކަންތައްތައް:

1. ހިތްމަތިކޮށްފައިވާ ސޫރަތްތައް ރަނގަޅަށް ހަނދާންކުރުން.

2. ކިޔަވާ އާޔަތްތަކުގެ މާނަ ވިސްނުން.

3. ތަޖުވީދު ޤަވާޢިދުތަކަށް ސަމާލުވުން.

4. ޚުޝޫޢަތްތެރިކަމާއެކު ކިޔެވުން.

5. ކިޔަވަމުންދާއިރު އެހެން ކަންކަމަށް ސަމާލުކަން ނުދިނުން. 

މުޞްޙަފުން ކިޔަވާއިރު ވިސްނަންވީ ކަންތައްތައް: 

1. ވުޟޫކޮށްގެން ހުރުން.

2. މުޞްޙަފު އިޙްތިރާމާއެކު ގެންގުޅުން.

3. ޤިބްލައަށް ކުރިމަތިލައިގެން އިށީނދެ ކިޔެވުން.

4. މުޞްޙަފު ތިރީގައި ނުބެހެއްޓުން.

5. މުޞްޙަފުގެ ގަނޑުތައް އަދަބާއެކު ޖެހުން. (ގަނޑުތައްއުކާއިރު އަދަބު އިހްތިރާމް އަދާކުރުން) 

މި ހުރިހާ ގޮތަކުންވެސް ޤުރްއާން ކިޔަވާއިރު އެންމެ މުހިންމު ކަމަކީ އިޚްލާޞްތެރިކަމާއެކު، ﷲ ގެ ރުހިވޮޑިގަތުން އެދިގެން ކިޔެވުމެވެ. އަދި ކިޔަވާ އާޔަތްތަކުގެ މާނަ ދެނެގަތުމަށް މަސައްކަތްކުރުމެވެ. އަޅުގަނޑުމެން އެންމެން ޤުރްއާނުގެ ބަރަކާތް ލިބިގަތުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް /މިއަދުނޫހަށް

މިއަދު އޮންލައިން