މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމަށް ކުރި އަސަރުން އަރައިގަތުމުގައި ބޮޑު ކާމިޔާބީއެއްހޯދިއްޖެ: ވަޒީރު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމަށް ކުރި އަސަރުން އަރައިގަތުމުގައި ބޮޑު ކާމިޔާބީއެއްހޯދިއްޖެ: ވަޒީރު އަމީން

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުތަކުން އަރައިގަތުމުގައި މިހާތަނަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށާއި، މި އަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ މާރިޗު، އޭޕްރިލް، މެއި އަދި ޖޫން މަހާ ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރިކަން ފާހަގަކުރައްވާފައެވެ. އަދި އެ ޙާލަތުން އަރައިގަނެ، ފަތުރުވެރިކަމުގެ ސިނާޢަތް އިއާދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި އެކަމުގައި ލިބިފައިވާ ކުރިއެރުންތައް ވަޒީރު ޙިއްސާކުރެއްވިއެވެ.

ސަރުކާރުން އެކުލަވާލި މިނިސްޓީރިއަލް ކޮމިޓީއާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނާ ގުޅިގެން ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޙާލަތު ބަދަލުކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަހަރުގެ ފަހު ކުއާޓަރާ މެދު ފެންނަމުންދަނީ ވަރަށް އުއްމީދީ މަންޒަރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި މުއްދަތުގައި %24ގެ ދަށްވުމެއް ފަތުވެރިކަމުގެ ސިނާއަތަށް އައި. ނަމަވެސް މިހާރު އެ ދަށްވުން ރިކަވަރ ކުރެވެމުން އައިސް %2.6އަށް ކައިރި ކުރެވިއްޖެ. ފަހު ކުއާޓަރަށް އުއްމީދު ބޮޑު. މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ އެރައިވަލް ދަށް ނުވާނެ،" ވަޒީރު އަމީން ވިދާޅުވިއެވެ.

މިއަދު އޮންލައިން