ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގަމުން އައި ކްރޮސް ބޯޑަރ ފީ ނެގުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލައިފިއެވެ.
ބީއެމްއެލްއިން ގެނައި މި ބަދަލާއެކު ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ދަރިވަރުންނަށް މިހާރު ބޭނުންކުރެވޭނެއެވެ. މިއީ ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ކްރޮސް ބޯޑަރ ފީއަކީ ބޭރު ފައިސާއިން ކުރާ މުޢާމަލާތްތައް ޕްރޮސެސްކުރުމަށް ހިނގާ ޚަރަދު ފޫބެއްދުމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ނަގަމުން އައި ފީއެކެވެ.