ދިވެހި އިންޖިނޭރުންނަކީ ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ، ފެންވަރު ރަނގަޅު ބައެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދިވެހި އިންޖިނޭރުންނަކީ ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ، ފެންވަރު ރަނގަޅު ބައެއް: ވަޒީރު

ދިވެހި އިންޖިނޭރުންނަކީ ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ، ފެންވަރު ރަނގަޅު ބައެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޖިނޭރުންގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަށް އަންނަ ބޭރުގެ ތަޖުރިބާކާރުންވެސް ދިވެހި އިންޖިނޭރުންގެ ހުނަރުވެރިކަން ފާހަގަކޮށް އެކަމަށް ތަޢުރީފުކުރައްވާ ކަމަށެވެ. އަދި ދިވެހި އިންޖިނިއަރުންނަކީ ކުޅަދާނަ، ހުނަރުވެރި ބައެއްކަން އިންޖިނޭރުންގެ މަސައްކަތް ގާތުންބަލާ ކޮންމެ މީހަކަށްވެސް ސާފުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްތަކަކީ ބިންތިރި، މުރަކައިގެ ރަށްތަކެއްކަމަށްވުމާއެކު ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަންޖެހެނީ ރާއްޖޭގެ ތިމާވެއްޓާއި އެކަށޭނެ ގޮތަށް ބައްޓަންކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ފަރުމާކުރުމުގައި ދިވެހި އިންޖިނޭރުން އަދާކޮށްފައިވާ ފުރިހަމަ ދައުރު ފާހަގަކުރައްވައި، ވަޒީރު ވަނީ އެ ފަރާތްތަކަށް ހިތްވަރުދެއްވާފައެވެ.

"އިންޖިނިއަރުންނަކީ ތިއީ މި ޤައުމު ބިނާކުރުމަށް ބުރަ މަސައްކަތްކުރާ ފަހުލަވާނުންނޭ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ފަރުދާގެ ފުރަގަހުގައި ތިޔަ ކުރައްވާ މަސައްކަތް ބަލައިގަތުން،" ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

މިއަދު އޮންލައިން