އަގުހުރި ފިލާވަޅެއް!: ކުށެއްނެތި އަނބިމީހާ ވަރިކުރީތީ ވަޒީފާއިން ވަކިކޮށްފަ ވެރިމީހާ ބުނި ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަގުހުރި ފިލާވަޅެއް!: ކުށެއްނެތި އަނބިމީހާ ވަރިކުރީތީ ވަޒީފާއިން ވަކިކޮށްފަ ވެރިމީހާ ބުނި ވާހަކަ-

އެއީ ކުންފުންޏެއްގެ އިސްވަޒީފާއެއްގައި ހުރިމީހެކެވެ. މަސައްކަތްކުރުމުގައި ހީވާގިވެސް މީހެކެވެ. ތެދުވެރިއެއްވެސްމެއެވެ. 5 އަހަރުވެ ޕްރަމީޝަންވެސް ލިބިފައިވަނިކޮށް އެއްދުވަހަކު އޮފީހަށް ދިއަތަނުން ލިބުނު ސިޓީގައި އޮތީ ވަޒީފާއިން ވަކިކުރީ ކަމަށެވެ. އެއްވެސް ނަޞީހަތެއް، އިންޒާރެއްވެސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމުން ގޮސް ވެރިމީހާއާއި ބައްދަލުކޮށް ސަބަބާއިމެދު ސުވާލުކުރިއެވެ.  

ވެރިމީހާގެ ޖަވާބަކީ ކަލޭ އިއްޔެ އަނބިމީހާ ވަރިކޮށް 3 ދަރިނނާއިއެކުގެއިން ނެރެލީ ކޮން ނަޞީޙަތެއް އިންޒާރެއް ދީފައިހެއްޔެވެ؟  އަނބިމީހާގެ އުޅުމާއި ކަންކަން އަހަރެންނަށް އެނގެއެވެ. ވަރުކުރި ސަބަބުވެސް އެނގެއެވެ. ކަލެއަށްވުރެ މާޤާބިލް މީހުން ވަޒީފާއަށް ލިބެން ތިއްބައި ކަލޭ ބެހެއްޓީ ވަޒީފާގައި ގިނަދުވަހު އުޅުނީމާ އަގުވަޒަންކުރުމަށެވެ. ކަލެއަށް ރީތި އަންހެނަކު ފެންނައިރަށް އަނބިމީހާގެ އަގު ވަޒަނެއް ނުކުރީމުއެވެ. އަވަސްއަވަހަށް އޭނާ ނިކަމެތިކޮށް އެއްލައިލީއެވެ.  

އެކަމުން އެނގެނީ ކަލޭގެ ހިތުގައި އަނބިމީހާއަށްވެސް ދަރިންނަށްވެސް ރަޙުމެއް މެތްކަމެވެ. ވީމާ އެވަރުގެ މީހަކަށް ރަޙުމްކުރަން ބޭނުންނުވީއެވެ. ވަޒީފާގެ އެއްބަސްވުމާއި އެއްގޮތަށް ލިބެންޖެހޭ ޢިނާޔަތް ލިބޭނެއެވެ. އެކަމަކު ވަރިކުރުމަށްފަހު އަނބިމީހާއަށާ ދަރިންނަށް ކުރަންޖެހޭ ޚަރަދު ކަލޭ ކުރާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެކަމުގައި ކަލެއާއިމެދު މާތް ﷲ ގޮތް ނިންމަވާނެތެވެ.  

އަހުރެންގެ އަޚަކަށްވެސް ތިއަބާވަތުގެ ރީތި އަންހެނަކު ފެނުނެވެ. ނިމުނީ ޖީބުހުސްވެގެން އެކަންޏަކު ނޫނެވެ. ޖީބުވެސް ގެއްލުނީއެވެ. ކޮއްކޮ ޙުސައިން އެނގޭ ނޫންހެއްޔެވެ؟ އަހައި އޮޅުންފިލުވައިލއްޔާ ރަނގަޅުވާނެއެވެ.  

އޭނާއަށް ޖެހުނީ ނުކުމެގެންދާށެވެ. ވެރިމީހާ ދެއްކި ވާހަކަތަކަށް ދެވޭނެ ޖަވާބެއް ނެތުމުންނެވެ.

މިއީ އަހުރެންގެ އެކުވެރިއަކަށް ކަންކަން ދިމާވިގޮތެވެ. އޭނާގެ ވަޒީފާ ގެއްލުމުން އަހުރެންވެސް ހިތާމަކުރަމެވެ. ނަމަވެސް މިއީ ވަރަށް ގިނައިން މެދުވެރިވާކަމެކެވެ. އަނބިދަރިން ނިކަމެތިކުރާ މީހުން ދުނިޔޭގައިވެސް ނިކަމެތި ކުރައްވަވައެވެ. އެމީހާއަށް އެކަން ވަޤުތުން ކުރިމަތިކުރެއްވެވީއެވެ.  

މިޙާދިސާގެ އަނެއްބައި ފަހުން ގެނެސްދޭނަމެވެ. އިން ޝާ ﷲ

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން