އެޗްއެސްސީ އަދި އެސްއެސްސީ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ދަނަތު ލާނިންގ އިން އޮންލައިން ސްޓަޑީ ކޭމްޕެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެޗްއެސްސީ އަދި އެސްއެސްސީ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ދަނަތު ލާނިންގ އިން އޮންލައިން ސްޓަޑީ ކޭމްޕެއް ބާއްވަނީ

އެޗްއެސްސީ އަދި އެސްއެސްސީ އިމްތިހާނަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން، ދަނަތު ލާނިންގ އިން އޮންލައިން ސްޓަޑީ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އެއްވެސް އަގަކާ ނުލައި މުޅިން ހިލޭ ބާއްވާ ކޭމްޕެކެވެ.

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 14 އިން 17 ގެ ނިޔަލަށެވެ. މި މުއްދަތުގައި ކޮންމެ ދުވަހަކު ވެސް ދެ ގަޑިއިރުގެ ލައިވް ސެޝަންތަކެއްގެ ގޮތުގައި ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ދަނަތު ލާނިންގ އިން މަޢުލޫމާތު ދޭ ގޮތުގައި، މި ސެޝަންތައް ކުރިއަށް ގެންދާނީ އެ ތަނުގެ ތަޖުރިބާކާރު ޓީޗަރުން މެދުވެރިކޮށެވެ. އަދި މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ފައިނަލް އިމްތިހާނަށް އެންމެ މުހިންމު ބައިތަކަށެވެ.

މުޅި ރާއްޖޭގެ ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ކޭމްޕެއް ފެށުމަށް ނިންމާފައިވަނީ، މީގެ ކުރިން ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ސްކޫލްތަކަށް ޚާއްޞަކޮށްގެން ބޭއްވި ކާމިޔާބު ކޭމްޕަށްފަހު، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް މި ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.

މިއަދު އޮންލައިން