ތިމާގެ ދަރިފުޅާ އެހެންކުދިންނާ އަޅައިކިޔުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫން! އެއީ ލިބޭ ގެއްލުން މާބޮޑުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިމާގެ ދަރިފުޅާ އެހެންކުދިންނާ އަޅައިކިޔުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫން! އެއީ ލިބޭ ގެއްލުން މާބޮޑުކަމެއް!

ކުލާހުގައި ތިބޭ އެހެން ކުދިންނަށްވުރެ އަމިއްލަ ދަރިފުޅު މާދަށް ކަމަށް ބަލައި ދަރިންނަށް ޕްރެޝަރުކުރާ މައިން ަބފައިން ވިސްނައިލަން ޖެހޭނެ ކަމަކީ އެއްވެސް ކަމެއްގައި ހުރިހާ ކުދިން އެއްގޮތް ނުވާނެކަމެވެ.  

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. މީހުންނަށް ބަދަލުވަނީ ކުދިން ބޮޑެތިވެގެންނެވެ. ވީމާ ފުރަތަމަވެސް ޤަބޫލުކުރަން އޮތް ކަމަކީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް ކަމެވެ. ކަންކަން ދަސްކުރުމާއި، އުނގެނުމާއި، ވާހަކަ ދެއްކުމާއި، ހުނަރުވެރިކަމާއި، ވިސްނުންތޫނު ކަމަކީވެސް އެކި ކުދީންގެ ކިބައިގައި އެކި މިންވަރަށް ހުންނަ ކަންކަމެވެ.  

އެވެނި މީހެއްގެ މިވެނި ދަރިއަކު މާ މޮޅުކަމަށް ދެކި، އަމިއްލަ ދަރިފުޅު ދަށްކޮށް، މޮޅު ކުއްޖާއާ އަރާހަމަކުރުމަށް ދަރިފުޅަށް އޮބިނޯންނަ ވަރަށް ޕްރެޝަރުކޮށް، އަމިއްލަ ދަރިފުޅާމެދު މާ ދެރަ ކުއްޖެއްގެ ގޮތުގައި ދުށުމަކީ، ތަރުބިއްޔަތަކީ ކޮބައިކަން އެނގޭ، ހެޔޮ ވިސްނޭ މަންމައަކު އަދި ބައްޕައަކު ކުރާނެ ކަމެއް ނޫނެވެ. 

އެހެންކަމުން ދަރީން ތަރުބިއްޔަތު ކުރުމުގައި ކުއްޖާ އެހެން ކުދީންނާ އަޅާ ކިޔުމަކީ މައިންބަފައިންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

الشيخ محمد شافع

 

މިއަދު އޮންލައިން