މާދަމާ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ: މޫސުމާ ބެހޭ އިދާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
މާދަމާ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ: މޫސުމާ ބެހޭ އިދާރާ

މާދަމާ މޫސުން އިތުރަށް ގޯސްވާނެ ކަމަށާއި ކުރިއަށްއޮތް ތިން ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، މާދަމާ އެކި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. މީގެއިތުރުން މުޅި ރާއްޖެއަށްވެސް ވައި ބާރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެ އިދާރާގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގެ ބާރުމިން އިތުރުވުން އެކަށީގެންވެއެވެ.

މޫސުމީ ޙާލަތަށް ރައްކާތެރިވުމަށް އެދި ސަމާލުތައް އަންނަނީ ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

ވައި ބާރުވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ދަތުރަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ ޚަބަރުތައް ބެލުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

މިއަދު އޮންލައިން