ރަސްމީ ފާލަން ހިމެނޭ ސަރަޙައްދާއި ގްރީން ޒޯނުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަސްމީ ފާލަން ހިމެނޭ ސަރަޙައްދާއި ގްރީން ޒޯނުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި

މެލޭޝިއާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ޒިޔާރަތާ ގުޅިގެން، ރަސްމީ ފާލަން ހިމެނޭ ސަރަޙައްދާއި ގްރީން ޒޯނުގައި ޕާކުކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތައް ނަގަންޖެހޭ ސުންގަޑި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ސިޓީ ގާޑަންއާ ދެމެދު އަޅާފައިވާ ކަނޑު އުޅަނދުތަކުގެ އިތުރުން، ބޮޑުތަކުރުފާނު މަގާއި އަމީރު އަޙުމަދު މަގުން ހޮޓެލް ޖެންއާ ހަމައަށް ހުރި އެއްގަމު އުޅަނދުތައް އެ ސަރަޙައްދުން ނަގަންޖެހޭނެ ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މި މަހުގެ 14 އިން 15 އަށް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަށްޓަކައި، ކަނޑައެޅިފައިވާ ޒޯނުގައިވާ ކަނޑުއުޅަނދުތައް މި މަހުގެ 14 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އަދި އެއްގަމު އުޅަނދުތައް އެ ދުވަހުގެ ހަވީރު 16:00 ގެ ކުރިން އެއްކޮށް ހުސްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ސަރަޙައްދަކީ މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީ އިއްޒަތުގައި މަރުޙަބާ ދެންނެވުން އޮންނަ ސަރަޙައްދެވެ. އަދި ދަތުރުފުޅުގެ ރަސްމީ ބައްދަލުވުންތައް ރައީސް އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޒިޔާރަތުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނީ މިމަހުގެ 14 އަދި 15 ގައެވެ.

މިއަދު އޮންލައިން