ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރާ ބިން، ރަސްމީކޮށް ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރާ ބިން، ރަސްމީކޮށް ޙަވާލުކޮށްފި

ދިވެހިރާއްޖޭގައި މިހާތަނަށް ޢިމާރާތްކުރެވޭ އެންމެ ބޮޑު މިސްކިތް ބިނާކުރުމަށްޓަކައި ކަނޑައަޅާފައިވާ ބިން، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުންޏާ ރަސްމީކޮށް މިއަދު ޙަވާލުކޮށްފިއެވެ.

މި ބިން ޙަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އައްރާޖިޙީ އެވެ.

ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މި ބޮޑު މިސްކިތަށް ނަންދީފައިވަނީ 'ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ' ގެ ނަމުންނެވެ. މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެން މާދަމާ ހަވީރުގެ ވަގުތެއްގައެވެ.

ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބިނާކުރާ މި މިސްކިތަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތާއި ފަންނުވެރިކަން ދައްކުވައިދޭނެ ފުރިހަމަ ބިނާއެއް ކަމަށް އިސްލާމީ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކަށް އީމާންތެރިކަމާއި، ޢިލްމު އަދި އެއްބައިވަންތަކަން ފޯރުކޮށްދޭނެ އަގުހުރި ތަރިކައަކަށް ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބަޔާންކޮށްފައެވެ.

މިއަދު އޮންލައިން