ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ލޯގޯއާއި ޝިޢާރު އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ލޯގޯއާއި ޝިޢާރު އިފްތިތާޙުކޮށްފި

ދިވެހިރާއްޖެ އިސްލާމްދީން ޤަބޫލުކުރިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ލޯގޯއާއި ޝިޢާރު ރަސްމީކޮށް ޢާންމުކޮށް އިފްތިތާޙުކޮށްފިއެވެ.

މި މުހިންމު މުނާސަބާ ފާހަގަކުރުމަށްޓަކައި ބޭއްވުނު ޚާއްޞަ ޖަލްސާގައި މި ލޯގޯއާއި ޝިޢާރު ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅިގެން ކުރިއަށްއޮތް އެއް އަހަރު ދުވަހުގެ މުއްދަތަށް ރަސްމީކޮށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ލޯގޯއެކެވެ.

ރާއްޖެ އިސްލާމްވީތާ 9 ޤަރުނު ފުރުން ފާހަގަކުރުމަށް ކަނޑައަޅާފައިވާ ރަސްމީ ޝިޢާރަކީ "އިސްލާމީ ނޫރުގައި 9 ޤަރުނު - ދިވެހީންގެ ނަސީބާއި އުފާ" އެވެ.

މި ތާރީޚީ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ކުރިއަށް އޮތް މުޅި އަހަރު ދުވަހަށް ބަހާލައިގެން ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

މިއަދު އޮންލައިން