އެހެން މީހުންނަށް ފަތުރައި ޝެއާކޮށް ތިމާވެސް ޢަމަލުކުރުމުން ފައިދާކުރާނެ 5 ކަމެއް ޙަދީޘުން!: ޝައިޚް މުޙައްމަދު ބާޖޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އެހެން މީހުންނަށް ފަތުރައި ޝެއާކޮށް ތިމާވެސް ޢަމަލުކުރުމުން ފައިދާކުރާނެ 5 ކަމެއް ޙަދީޘުން!: ޝައިޚް މުޙައްމަދު ބާޖޫރު

1.    ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ

އެންމެހައި ކަންކަމުން ދުރުހެލިވެހުންނާށެވެ! އެންމެ ހެޔޮ ގޮތުގައި އަޅުކަންކުރެވޭ މީހާއަށް ވެވޭނެއެވެ.

2.    ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވެގެން ހުންނާށެވެ! ތިބާއަކީ ދުނިޔޭގެ އެންމެ ތަނަވަސް މީހަކު ކަމުގައި ވެވޭނެއެވެ.

3.    އަވަށްޓެރިންނަށް ހެޔޮކޮށްހިތާށެވެ! އެއިރުން ތިބާއަކީ ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހަކަށް ވެވޭނެއެވެ.

4.    އެކަންކަމަށް ތިބާ ލޯބިކުރާ ހުރިހާ ކަންކަން އެެހން މީހުންނަށް ލިބުމަށް އެދޭށެވެ. އެއިރުން ތިބާއަކީ ފުރިހަަމ މުސްލިމަކަށްވެވޭނެއެވެ.

5.    މާބޮޑަށް ނުހޭށެވެ! މާބޮޑަށް ހުނުމަކީ ހިތްމަރުވާ ކަމެކެވެ.  

މި 5 ކަންތަކަކީ އުނގެނި، ޢަމަލުކޮށް އަދި މީސްތަކުންގެ މެދުގައި ފަތުރަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވަވާފައިވާ 5 ކަންތަކެވެ. އަދި އެ 5 ކަންތައް ކުރުމުން ދެއްވަވާނެ ފައިދާ، ލައްވަވާނެ ރަޙްމަތް ވެސް އެވަނީ އަންގަވައި ދެއްވަވާށެވެ!  

ވީމާ އަހުރެމެންނަށް އޮތީ ޢަމަލުކުރުމެވެ. އަދި މިކަންކަން ފަތުރަން މަސައްކަތްކުރުމެވެ.

 

- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން

މިއަދު އޮންލައިން