ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން އުޅެފިނަމަ މަރުޙަބާކިޔާނަން! މިކިޔައިދެނީ ސަބަބުތައް! އެކަކަށްވުރެ ގިނަފިރިން ހޯދަން އުޅެފިނަމަ އަހަރެންވާނީ ފުނޑުފުނޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން އުޅެފިނަމަ މަރުޙަބާކިޔާނަން! މިކިޔައިދެނީ ސަބަބުތައް! އެކަކަށްވުރެ ގިނަފިރިން ހޯދަން އުޅެފިނަމަ އަހަރެންވާނީ ފުނޑުފުނޑު!

އަހުރެންގެ ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން ބޭނުންވެއްޖެނަމަ އަހުރެން އެކަމަށް ވަޤުތުން މަރުޙަބާކިޔާނަމެވެ. ހުށަހަޅާނީ އެންމެ ޝަރުޠެކެވެ. އެއީ އަހުރެން ބާކީކޮށް ނުލުމެވެ.  

ފުރަތަމަ ސަބަބަކީ 4 އަނބިން ހަމަކުރިޔަސް އަހުރެންނަށްވުރެ އޭނާދެކެ ލޯބިވާ، އޭނާއަށް އަޅައިލާނެ މީހަކު ނުލިބޭނެއެވެ. ވީމާ އަހުރެންގެ ޙިއްޞާ ކުޑަވެގެންދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.  

ދެވަނަ ކަމަކީ އަހުރެމެން ކޮންމެ ގޮތަކަށް ބުނި ނަމަވެސް ފިރިހެނުންނަށްވުރެ އަހުރެމެން ބަލިކަށްޓެވެ. ވީމާ ހަށިގަނޑަށް ބޭނުންވާ އަރާމާއި ހަށިގަނޑު ތާޒާކުރަން އަހުރެންނަށް ފުރުޞަތު އިތުރުވާނެއެވެ.  

ތިންވަނަ ކަމަކީ އަހުރެން ނުރުހުނަސް އޭނާ ކުރަން ބޭނުންވާ ކަމެއް ކޮންމެ ގޮތަކުން ނަމަވެސް ކުރާނެއެވެ. ވީމާ ފާރަލަމުން ނުދުވެ މަޑުންހުރެވޭނެއެވެ.  

"ތިބާ 4 ފިރިން ބޭނުން ނޫންތޯ؟" ބައެއް މީހުން ސުވާލުކުރެއެވެ. އަހުރެންގެ ޖަވާބަކީ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. މިއުޅެނީ އެންމެ ފިރިއަކަށް ޚިދުމަތްކޮށް ނުދެވިގެންނެވެ. 4 މީހުންނަށް ޚިދުމަތްކުރަންވެއްޖިއްޔާ އަހުރެންވާނީ ފުނޑުފުނޑެވެ. އަހުރެމެންގެ ދީނުގައި އެކަން ހުއްދަކުރައްވަވާފައި ނުވަނީވެސް އެފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. 

މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި އޭނާ ބުނެފައިވާ ބަސްކޮޅެކެވެ. ވިސްނައިލުން މުހިންމު އަދި ފައިދާކުރާނެ ބަސްކޮޅެއްކަމަށްވިސްނޭތީ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.

 

- ޒާއިން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން