ކެންސަރަށް ފަރުވާކުރަމުން އައި ދަރިފުޅަށް ޝިފާލިބިދާނެ ކަމަށް މާމައަށް ލިބުނު "އިލްހާމަކަށް" ޢަމަލުކުރަމުން އަންނަނިކޮށް ޝިފާލިބިއްޖެ! މާޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކެންސަރަށް ފަރުވާކުރަމުން އައި ދަރިފުޅަށް ޝިފާލިބިދާނެ ކަމަށް މާމައަށް ލިބުނު "އިލްހާމަކަށް" ޢަމަލުކުރަމުން އަންނަނިކޮށް ޝިފާލިބިއްޖެ! މާޝާ ﷲ

"އެއީ އަޅުގަނޑުގެ މާމަދަރިއަކަށް ކެންސަރުޖެހިގެން ކީމޯދިން ދުވަހެވެ. އިރުއޮއްސުނުވަޤުތެވެ. ދަރިފޫޅުގެ ޙާލާއިމެދު ކަންބޮޑުވެ ހިތާމަކުރަން އިންދާ މެދުވެރިވި ކަމެކެވެ. އިވުނީ އަޑެއްކަމެއް ނުވަތަ ހިތަށް ލިބުނު ވިސްނުމެއް ކަމެއް ބުނާކަށް ނުއެނގެއެވެ. ލިބުނު މެސެޖަކީ "ކަހްފި ސޫރަތް ކިޔަވާށެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް ޝިފާ ލިބޭނެއެވެ."  

އަޅުގަނޑު ވަޤުތުން ކުރިމަތީގައި ފެންޖޯޑެއް ބަހައްޓައި ކްހެފި ސޫރަތް ކިޔެވީމެވެ. ކިޔަވައި ނިމިގެން ޞަލަވާތްފުޅުވެސް ކިޔަވާފައި ފެންޖޯޑަށް ފުމެލީމެވެ. އެއިން އެތިފޮދެއް ދަރިފުޅަށް ބޯންދިނުމަށްފަހު މެއާއި ބުރަކަށީގައި ފެންފޮދު އުނގުޅައިލީމެވެ.  

އަޅުގަނޑު އެކަން ހުއްޓައެއް ނުލަމެވެ. ހެނދުނާއި ދެނަމާދުދޭތެރޭގައި ކޮންމެ ދުވަހަކުވެސް އެކަންކުރީމެވެ. 4 އަހަރަށްފަހު މިހާރުވަނީ ޝިފާ ލިބިފައެވެ. އަލްޙަމްދުލިﷲ

މިއީ މިއަދުނޫހަށް ޙަޤީޤަތް އެނގޭ ކިޔުންތެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. އެއީ ވަރަށް ހެޔޮލަފާ، ތަޤްވާވެރި އަންހެނެކެވެ. ކީރިތި ޤުރްއާނަކީ ޝިފާއެކެވެ. އެކަމަކަށް އެއްވެސް ޝައްކެއް ނެތެވެ. ކީރިތި ޤުރްއާނުގެ ކޮންމެ ސޫރަތަކީވެސް ކޮންމެ އާޔަތަކީވެސް ކޮންމެ ލަފުޒަކީވެސް އަދި އަކުރަކީވެސް ﷲ ތަޢާލާގެ މަތިވެރި ވަޙީއެވެ. ވަނީ ބަރަކާތުން ފުރިގެންނެވެ.  

މިއީ އެއްވެސް ޙާލެއްގައި ކަހްފިސޫރަތަކީ ކެންސަރަށް އޮތް ޝިފާއެއްކަމަށް ބުނުމެއް ނޫނެވެ. ކޮންމެ ސޫރަތަކުންވެސް އަދި އާޔަތަކުންވެސް ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމަ ޝިފާ ދެއްވަވާނެތެވެ! އިން ޝާ ﷲ  

ކީރިތި ޤުރްއާނާއި ގުޅުންހުރި ވަރަށް ގިނަ ޙާދިސާތައް މިއަދުނޫހުން ވާނީ ކިޔުންތެރިންނަށް ގެނެސްދެވިފައެވެ. މަޢުލޫމާތު ޙިއްބާކުރައްވާ ކިޔުންތެރިންނަށާއި ލިޔުންތައް ވިދާޅުވާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން