ދެމީހަކު ޞުލްހަކުރުވަން މަސައްކަތްކުރުމަކީ ސުންނަތް ރޯދަ ހިފުމާ ސުންނަތް ނަމާދުކުރުމާ ޞަދަޤާތްކުރުމަށްވުރެ ހެޔޮކަންބޮޑު ކަމަކަށްވާއިރު ފަސާދަކުރުމުގެ ފާފަ ބޮޑުވާނެވަރު ވިސްނޭތަ؟

ކިޔުމަށް ހޭދަވާނީ 4މ 38ސ
ދެމީހަކު ޞުލްހަކުރުވަން މަސައްކަތްކުރުމަކީ ސުންނަތް ރޯދަ ހިފުމާ ސުންނަތް ނަމާދުކުރުމާ ޞަދަޤާތްކުރުމަށްވުރެ ހެޔޮކަންބޮޑު ކަމަކަށްވާއިރު ފަސާދަކުރުމުގެ ފާފަ ބޮޑުވާނެވަރު ވިސްނޭތަ؟

ޢާއިޝަތު ރަފާޙް ޢަލީ


މިލިޔުން ޚާއްޞަ މިކުރަނީ އާއިލާގެ މެދުގައި ފިތުނަ އުފެއްދުވުމަށާއި އެކުވެރިންގެ ގުޅުންތައް ކެނޑުވުން ފަދަ ކަންކަން ކުރާ މީހުން އިތުރަށް ވިސްނައިލުމަށެވެ. އެކަންކަން ކުރުމުން ދެއްވަވާނެ ޢަޛާބަށް ބިރުވެތިވަމާ ހިނގާށެވެ! ދެމީހަކު ޞުލްހަކުރުވަން މަސައްކަތްކުރުމަކީ ސުންނަތް ރޯދަ ހިފުމާ ސުންނަތް ނަމާދުކުރުމާ  ޞަދަޤާތްކުރުމަށްވުރެ ހެޔޮކަންބޮޑު ކަމެއްކަން ޙަދީޘްފުޅުން އެނގެން އޮތަތީއެވެ.

މީހުންގެ މެދުގައި އިޚްތިލާފްތައް ކުރިމަތިވުމަކީ އަބަދުވެސް މެދުވެރިވާނެ ކަމެކެވެ. ސަބަބަކީ އިންސާނުގެ އަޚްލާޤާއި ޠަބީޢަތް އެކަކު އަނެކަކާ ތަފާތުވުމުގެ ސަބަބުންނެވެ. އަދި ދުނިޔޭގައި ޝަރަފާ ޢިއްޒަތުގެ ސަބަބުންނެވެ.  

ﷲ ތަޢާލާ ހޫދް ސޫރަތުގެ 118 އަދި 119 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

(وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ ‎﴿١١٨﴾‏ إِلَّا مَن رَّحِمَ رَبُّكَ ۚ)

މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلاف ވުމުގައި އެއުރެން ފިލައިނުދެތެވެ. (118) ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލެއްވި ބަޔަކު މެނުވީއެވެ." 

އަދި ގިނަފަހަރަށް މުސްލިމުން އޭނާގެ އަޚާ އާއި، ފިރިމީހާ އާއި އަނބިމީހާ އާއި، މިފަދަ މައްސަލަތައް ޖެހެނީ ޝައިޘާނާގެ ވަސްވާހުގެ ސަބަބުންނެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހޯމަ އަދި ބުރާސްފަތި މި ދެ ދުވަހު (ޢަމަލުތައް އުޑަށް އުފުއްލަވާ) ދެ ދުވަހު، ﷲ ތަޢާލާ ކޮންމެ މީހެއްގެ ފާފަ ފުއްސަވާ ކަމަށްވެއެވެ. ނަމަވެސް މައްސަލައެއްޖެހި ދެމީހުންގެ ދެމެދުގައި އެމައްސަލަ ޙައްލު ނުކުރެވި ތިބި ދެމީހުން ފިޔަވައެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

((أَلا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاةِ وَالصَّدَقَةِ ؟ قَالُوا : بَلَى . قَالَ : صَلاحُ ذَاتِ الْبَيْنِ ، فَإِنَّ فَسَادَ ذَاتِ الْبَيْنِ هِيَ الْحَالِقَةُ ) قَالَ الترمذي : وَيُرْوَى عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّم أَنَّهُ قَالَ : ( هِيَ الْحَالِقَةُ . لا أَقُولُ تَحْلِقُ الشَّعَرَ ، وَلَكِنْ تَحْلِقُ الدِّينَ )) . [رواه أبو داود ( 4273 ) والترمذي ( 2433 ) . وحسنه الألباني في صحيح الترمذي] .

މާނައީ: “ސުންނަތް ރޯދަ ހިފުމާއި ސުންނަތް ނަމާދުކުރުމާއި ޞަދަޤާތްކުރުމަށްވުރެ ހެޔޮކަންބޮޑު ޢަމަލެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބަޔާންކޮށްނުދެއްވަންހެއްޔެވެ؟ އަޞްޙާބު ބޭކަލުން ދެންނެވިއެވެ. --- (ބަޔާންކޮށްދެއްވާށެވެ.) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ދެމީހުންގެދެމެދު ޞުލްޙަ ކުރުމެވެ. ފަހެ ހަމަކަށަވަރުން ދެމީހުންގެދެމެދު ފަސާދަކުރުމަކީ ނެތިދިޔުމެކެވެ.) އަދި ތިރުމިޛީ ވިދާޅުވިއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާވެގެންވެއެވެ. އެއީ ނެތިދިޔުމެވެ. އަދި އިސްތަށިބޭލީމާ އެއިސްތަށި ނެތިގެންދާވާހަކައެއް ތިމަންކަލޭގެފާނު ވިދާޅުނުވަމެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނު މިވިދާޅުވަނީ ދީން ނެތިދާވާހަކައެވެ.

މިއަދު އޮންލައިން