ބައްދަލުވުންތަކާ ދައްކާ ވާހަކައިގަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން އެންމެ ފަސޭހަ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބައްދަލުވުންތަކާ ދައްކާ ވާހަކައިގަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން އެންމެ ފަސޭހަ ގޮތް!

ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން އޮތީ ނަމާދުގައި ނުވަތަ ކަމަކަށް ބޭނުންވުމަކުން ނޫނެވެ. އެއީ އަބަދުވެސް ކުރަންޖެހޭނެ ކަމެކެވެ. ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ގިނަގިނައިން އިން ޝާ، މާޝާ ﷲ، އަލްޙަމްދުލިﷲ ފަދަ ބަސްތައް ބުނާނަމަ އަދި ކޮންމެ ކަމެއް ކުރަން ފަށަމުން ބިސްމިﷲ ކިޔާނަމަ އެދަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވެމުންނެވެ. މިއީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން އެންމެ ފަސޭހަ ގޮތެއްވެސްމެއެވެ.  

މުސްލިމުން ބޮޑެތި ބައްދަލުވުންތައް ފަށަނީ ކީރިތި ޤުރްއާނުގެ ބަރަކާތުންނެވެ. ތަޤްރީރުތަކާއި ދަރުސްތައް ފަށަނީ ﷲ ތަޢާލާއަށް ޙަމްދުކޮށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔަވަމުންނެވެ. ނަމަވެސް މިއީ އަދި މިވަރުން ފުއްދައިލެވެން އޮތްކަމެއް ނޫނެވެ.  

ހަނދާނުގައި ބަހައްޓާށެވެ! ކޮފީ މޭޒެއްގެ ކައިރީގައި ނަމަވެސް ގޭތެރޭގައި ނަމަވެސް އެހެން ތަނެއްގައި ނަމަވެސް އެއްވެސް ވަރެއްގެ ބައްދަލުވުމެއް ބާއްވާނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް، ރަސޫލް (ﷺ) ޞަލަވާތް ނުކިޔަވައި ނުފަށާށެވެ. ބައްދަލުވުން ނިންމައިލުމުގެ ކުރިން އެކަންކަން ކުރަން ހަނދާންކުރަން ޖެހޭނެއެވެ.  

ކިތަންމެ ކުޑަ ބައްދަލުވުމެއްގައި ނަމަވެސް ﷲ ތަޢާލާގެމަތިން ހަނދާންނުކުރާނަމަ އެއީ ޤިޔާމަތް ދުވަހު ހިތާމަކުރަން ޖެހޭ ކަމަކަށްވެދާނެއެވެ. އެހެނީ އެއީ އެކަމުގެ ސަބަބުން އެބައަކަށް ﷲ ތަޢާލާ ޢަޛާބު ދެއްވަވައިފާނެ ކަމެކެވެ.  

Abu Hurairah [may Allah be pleased with him] narrated that : the Prophet ﷺ said: “No group gather in a sitting in which they do not remember Allah, nor sent Salat upon their Prophet, except it will be a source of remorse for them. If He wills, He will punish the, and if He wills, He will forgive them.”

Source: Sunan al-Tirmidhī 3380

Grade: Sahih (authentic) according to Al-Albani  

މިޙަދީޘްފުޅުން އެނގެނީ ބައްދަލުވުމުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރާނަމަ، ރަސޫލް (ﷺ) އަށް ޞަލަވާތް ނުކިޔަވާނަމަ އެބައަކަށް ﷲ ތަޢާލާގެ  ރުހިވޮޑިގަތުން ނުލިބޭނެކަން ނުވަތަ ކޯފާވެވޮޑިގަތުން ލިބިދާނެ ކަމެވެ. އެކަމަށްޓަކައި ހިތާމަކުރަން ޖެހިދާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން