މުސްލިމަކަށްވުމަށްފަހު އިސްލާމްދީނަށް ވަފާތެރިވާން ފުރަތަމަ ކުރަންޖެހޭ ކަމަކީ ފިރިހެނުން ޖަމާޢަތުގަ ނަމާދުކުރުމާ އަންހެނުން ނަމާދަށް އަވަސްވެގަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މުސްލިމަކަށްވުމަށްފަހު އިސްލާމްދީނަށް ވަފާތެރިވާން ފުރަތަމަ ކުރަންޖެހޭ ކަމަކީ ފިރިހެނުން ޖަމާޢަތުގަ ނަމާދުކުރުމާ އަންހެނުން ނަމާދަށް އަވަސްވެގަތުން!

އެއްވެސް ޝައްކެއް ނެތެވެ. ކޮންމެ މުސްލިމެއްގެ ބލުގައިވެސް އެޅިފައިއޮތް އެންމެ ބޮޑު ޒިންމާއަކީ އިސްލާމްދީނަށް ވަފާތެރިވުމެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުގެ އަޑިން ޤަބޫލުކުރުމަށްފަހު މުސްލިމުންގެ މައްޗަށް އޮތް އެންމެ ފުރަތަމަ ވާޖިބަކީވެސް ނަމާދުކުރުމެވެ. ވީމާ ކުރާ ޢަމަލުތަކުގެ ތެރެއިން މުސްލިމުން އެންމެ ބޮޑަށް ވަފާތެރިވާން މިޖެހެނީ ނަމާދަށެވެ.

ނަމާދަށް ވަފާތެރިވުމަކީ ސުންނަތުން އެނގެން އޮތްގޮތަށް ނަމާދުކުރުމެވެ. ވީމާ ފިރިހެނުންނަށް އޮތީ މިސްކިތުގެ ޖަމާޢަތަށް ނަމާދަށްދިއުމެވެ. އަންހެނުންނަށް އޮތީ ނަމާދުކުރުމަށް އަވަސްވެގަތުމެވެ. ގޭގައި ނަމާދުކުރެވެން ނެތްނަމަ މިސްކިތަށް ދިއުމަކީވެސް މައްސަލައެއް ނޫނެވެ.

މިއަދަކީ ރާއްޖެއިސްލާމްވީ ދުވަހެވެ. އެނަން ދެވުނީ ރަދުން އިސްލާމްވެވަޑައިގެން ދައުލަތުގެ ވެރިން އިސްލާމްވި ދުވަހަށްވުމުންނެވެ. މިއަދު އަޅުގަނޑުމެން ފާހަގަމިކުރަނީ އެކަމަށް 900 އަހަރުފުރުމެވެ.

އިސްލާމްކަން ދަމަހައްޓަން ކުރަން އޮތް ފުރަކަމަކީ ނަމާދުތަކަށް ރައްކައުތެރިވުމެވެ. ނަމާދުތަކަށް ރައްކައުތެރިވުމަކީ ސުންނަތުގައި އޮތްގޮތަށް ނަމާދުކުރުމެވެ. ތަކުރާރުކޮށްލާނަމެވެ. ފިރިހެނުންނަށް އޮތީ މިސްކިތުގެ ޖަމާއަތަށްގޮސް ޖަމާއަތުގައި ނަމާދުކުރުމެވެ. ކިބުރުވެރިވެ ބޮޑާވެ ތިމާގެ ހައިބަތު ތިމާއަށް ފެނިގެން މިސްކިތުގެ ޖަމާއަތަށް ނުގޮސް ހުންނަ މީހާ އެހުންނަނީ ބަންގިއަށްވުރެގަސްދީގެންނެވެ. ބަންގީގައި 2 ފަހަރުމަތިން ތަކުރާރުކޮށް ގޮވައިލެވޭ ގޮވައިލުމަށް ޢިޖާބަނުދީ ހުންނަ މީހަކީ އިސްލާމްދީނަށް ވަފާތެރި މީހަކަށް ނުވެވޭނެއެވެ.

އަޅުގަނޑު ހާމަމިކުރީ އިސްލާމް ދީނުގެ ޢިލްމްވެރިންގެ ބަސްފުޅުތަކެވެ. ދުޢާއަކީ އަޅުގަނޑުމެންނަކީ ޖަމާޢަތުގައި ނަމާދުކުރުމަށް ސަމާލުކަންދޭ، ނަމާދަށް އަވަސްވެގަންނަ ބައަކު ކަމުގައި ލެއްވެވުމެވެ. އާމީން

މިއަދު އޮންލައިން