ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ އެހެން ޤައުމަކަށް ލިބިފައިނުވާ ޝަރަފެއް: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 40ސ
ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ އެހެން ޤައުމަކަށް ލިބިފައިނުވާ ޝަރަފެއް: މެޑަމް ސާޖިދާ

ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ޙިއްސާކުރެއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

މެޑަމް ސާޖިދާގެ މެސެޖުގައި ވިދާޅުވީ، "މި މަތިވެރި ނިޢުމަތާއި ރަޙްމަތް ދިވެހިރާއްޖެއަށް ދެއްވީތީ މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ތަކުރާރުކުރަމުން، މި ބާއްޖަވެރި މުނާސަބާގެ ތަހުނިޔާ އަރިސްކުރަން" ކަމަށެވެ.

މީގެއިތުރުން، އިސްލާމީ ހިދާޔަތުގައި ދިވެހިން އަބަދަށްމެ ލެހެއްޓެވުން އެދި އެކަމަނާ ވަނީ ދުޢާ ދަންނަވާފައެވެ.

މިއަދު އޮންލައިން