ތަޢުލީމުގެ ޙަޤީޤީ މަޤްޞަދަކީ ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ އަދި ފައިދާހުރި ގޮތުގައި ހިފަން ދަރިވަރުންނަށް ދަސްކޮށްދިނުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތަޢުލީމުގެ ޙަޤީޤީ މަޤްޞަދަކީ ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ އަދި ފައިދާހުރި ގޮތުގައި ހިފަން ދަރިވަރުންނަށް ދަސްކޮށްދިނުން: ވަޒީރު

ތަޢުލީމުގެ ޙަޤީޤީ މަޤްޞަދަކީ ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ އަދި ފައިދާހުރި ގޮތުގައި ހިފަން ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި އަލިމަސް ޔޫބީލްގެ ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސްކޫލަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ އަނެކުންނަށް އަޅާލާ، އޯގާތެރި އަދި މުޖުތަމައަށް ބޭނުންތެރި އަގުހުރި ދަރިވަރުންތަކެއް ބިނާކުރުން ކަމަށެވެ. އަދި ތަޢުލީމު ހާސިލްކުރުމަކީ ހަމައެކަނި އިމްތިހާނަކުން ރަނގަޅު ނަތީޖާއެއް ހޯދުމެއް ނޫން ކަމަށާއި، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޒިންމާދާރު، އަދި އިސްރަށްވެހިންނާއި ބެލެނިވެރިންނަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ހިތާދޫ ސްކޫލަކީ މެދުކެނޑުމެއްނެތި ކުރިއަރަމުން އަންނަ ސްކޫލެއް ކަމަށާއި، އެ ސްކޫލުގެ އިސްދަރިވަރުން މިއަދުވެސް ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު، ހިތާދޫ ސްކޫލުގެ އުމްރާނީ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތައް މިހާރު ފޯމިއުލޭޓް ކުރެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށްވެސް ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މިއަދު އޮންލައިން