ޒުވާން ޚަޠީބުން އުފެއްދުމުގެ މަސައްކަތް ދިރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ: ވަޒީރު ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޒުވާން ޚަޠީބުން އުފެއްދުމުގެ މަސައްކަތް ދިރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ: ވަޒީރު ޑރ. ޝަހީމް

މުސްތަޤުބަލަށްޓަކައި އެހެން ދަރިވަރުންވެސް ޒުވާން ޚަޠީބުންނަށްވުމަށް ހިތްވަރުދީ، ރާއްޖޭގައި މިކަން ދިރުވުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާން ޚަޠީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އެންމެ މަތިވެރި އެއް މަޤާމަކީ ހުކުރު ޚުޠުބާގެ މަޤާމު ނުވަތަ ޚަޠީބުކަމުގެ މަޤާމު ކަމަށެވެ. އަދި "މިއީ ނަމޫނާ މަޤާމެއް. މި މަޤާމުގައި ހުއްޓި ހުންނަ ކޮންމެ ޚަޠީބަކީ ނަމޫނާ ދެއްކޭ ވަރުގެ ޝަޚުސިއްޔަތަކަށް ވާން ޖެހޭނެ،" ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް 100 އަހަރު ދިވެހިރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގައި އިދާރީ ގޮތުން ހުރި ދަތިތައް ހުރަސްކޮށް، ކުރިން ކަނޑައެޅިފައިހުރި ސިޔާސަތުތަކަށް ބަދަލުގެނެސް ޒުވާން ޚަޠީބުންނަށް ފުރުސަތު ހުޅުވާލުމާއެކު އެތައް ސަތޭކަ ޒުވާން ޚަޠީބުން މިހާރު އުފެދިފައިވާކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ﷲގެ މަތިވެރި ރަޙުމަތްފުޅުން ރާއްޖޭގެ ޒުވާން ޚަޠީބުންނަކީ ވަރަށް ހުނަރުވެރި، ޤާބިލު، އަދި ރީތިކޮށް ޤުރުއާން ކިޔަވާ ދަރީންތަކެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދެން އޮތް މަސްއޫލިއްޔަތަކީ އެ ޒުވާނުންގެ އަތުގައި ހިފައި ޢިލްމީ އަދި ފަންނުވެރިކަމުގެ ގޮތުން އިތުރު ހަރުފަތަކަށް އެކުދިން ގެންދިއުމަށް މަސައްކަތް ކުރުން ކަމަށެވެ.

މިއަދު އޮންލައިން