މ. ދިއްގަރުގައި ބޭނުންކުރަމުން އަންނަ ޖަނަރޭޓަރުސެޓެއް އޯވަރހޯލް ކުރުމުގެ މަސައްކަތް ނިންމައި، އަލުން ބޭނުންކުރަން ފަށައިފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނި ގޮތުގައި މ. ދިއްގަރުގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އެ ރަށުގައި ބޭނުންކުރާ 400 ކިލޯވޮޓް (kW) ގެ ޖަނަރޭޓަރުސެޓް މިހާރު ވަނީ އޯވަރހޯލްކޮށް ނިންމާފައެވެ.
މި މަސައްކަތް ނިމުމާ ގުޅިގެން، އޯވަރހޯލް ކުރެވުނު ޖަނަރޭޓަރުސެޓް މިހާރު ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.