ދަތިކަމެއް ކުރިމަތިވާއިރަށް ޙަރާމް ގޮތުގަ ފައިސާ ހޯދާ މީހުންނަށް ވަޤުތީ އުފަލެއް ލިބުނަސް ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ދަތިކަމެއް ކުރިމަތިވާއިރަށް ޙަރާމް ގޮތުގަ ފައިސާ ހޯދާ މީހުންނަށް ވަޤުތީ އުފަލެއް ލިބުނަސް ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެ!

އަހުރެމެންގެ ތެރެއިން ގިނަ މީހުންނަށް ވިސްނެނީ ހަމައެކަނި ދުނިޔެއާއިމެދުގައެވެ. އެކަމުގެ ނަތީޖާއަކަށްވަނީ އާޚިރަތާއިމެދު ވިސްނައި ނުލެވުމެވެ. އެހެންވެ ދިރިއުޅުމުގައި ބޭނުންވާ ކަމެއް ޙާޞިލުނުކުރެވޭއިރަށް ކަންބޮޑުވެ ކަންކަން އެކޮޅުކޮޅުން ޖަހައިލުން މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ.  

މިގޮތުން ބައެއް މީހުން ނުކުރަނީ މިވެނި ކަމެއް ކަމަށް ބުނެވެން ނެތް ހާލަތަށް މީހުންގެ ޢަމަލުތައް ހިނގައްޖެއެވެ. ކަމެއް ކުރިމަތިވެގެން ނަމަވެސް އަތްމަތިދަތިވެއްޖެނަމަ އެއްބައަކު މިކުރާކަމަކީ އަތުގައިހުރި ހުރިހާ ދަވާދެއް މޫނުގަ އުނގުޅައިގެން ނުކުމެ ޙަރާމް ކަންކަން ކުރަނީއެވެ. އަނެއްބައަކު ވައްކަންކުރަނީއެވެ.  

އެއިގެ އަނެއްކޮޅުވެސް އެބައޮތެވެ. ﷲ ތަޢާލާ ދެއްވަވާ ރިޒުޤަށް ޝުކުރުވެރިވަނީ މަދުމީހެކެވެ. މިބުނަނީ ދެއްވަވާ ތަނަވަސްކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަނީ މަދުމީހަކު ކަމަށެވެ. ތިމާ ޚަރަދުކުރަން ޖެހޭ މީހުންނަށް ޚަރަދުނުކޮށްހުރެވެސް ފާފަތައްކުރަންވެސް ޚަރަދުކުރާ ވާހަކައެވެ. ދިރިއުޅެވޭނެވަރަށް ތަނަވަސްކަން ދެއްވެވުމުންވެސް ހިތް ނުފުރިގެން ޙަރާމް ގޮތުގައި ފައިސާ ހޯދާ ވާހަކައެވެ.

އެފަދަ ކަންކަން ނުކުރަނީ ކާކުހެއްޔެވެ؟ ވިޔަފާރިވެރިން އެމީހުންނަށް ދަތިކަމެއް ކުރިމަތިވެއްޖެނަމަ ޙަރާމްތަކެތީގެ ވިޔަފާރިއެބަކުރެއެވެ. ވީމާ މިކަންކަމަކީ މިހާރު ވަކި ފެންވަރަށްވެސް އޮތް ކަންކަމެއް ނޫނެވެ. މުބުނަނީ ވަކި ފެންވަރެއްގެ ބައަކު ކުރާ ކަންކަމެއްވެސް ނޫނެވެ.

ބައެއް މީހުން ބޭނުން ކޮންމެ އެއްޗެއް ގަންނާނެ ފައިސާ އެމީހުންގެ އަތުގައި ހުރެމެ ނުގަނެވި ނުދޭހެއްޔެވެ؟ ކުރަން ބޭނުން ކަންކަން ނުކުރެވެނީ މަދުން ހެއްޔެވެ؟ މިއީ އަތުގައި ޚަރަދުކުރާނެ ފައިސާ ހުރެމެ ކަންކަން ހިނގަމުންދާގޮތް ކަމަށްވާއިރު އެމީހެއްގެ އަމިއްލަ ބާރު ނުހިނގާ ކަންކަން ތިމާ އެދޭހައި ގޮތަކަށް ފުރިހަމަވުމަށް އެދުމަކީ ދެކޮޅު ޖެހޭ ކަމެއް ކަމާއިމެދު އަމިއްލައަށް ވިސްނައިލުން ބުއްދިވެރިއެވެ.  

"އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރު ނުކުރާ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އެހެނީ ދުނިޔެއަކީ މީސްތަކުން ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް އެމީހާ ބޭނުންވާ ގޮތަށް ލިބުމަށް އޮތްތަނެއް ނޫނެވެ.  

ވީމާ އެމީހާ އެދޭ ގިނަ ކަންތައްތަކެއް މިދުނިޔޭގައި ޙާޞިލު ނުކުރެވޭނެ ގިނަ ބައަކު ތިބޭނެއެވެ. އެކަން އިޚްލާޞްތެރިކަމާއިއެކު ޤަބޫލުކުރަންވާނެއެވެ. އެދޭ ކަންތައްތަކެއް ޙާޞިލު ނުވެ އޮތުމަކީ ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރި ނުވުމަށް އޮތް ސަބަބަކަށް ނުހަދާށެވެ. ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާ މީހަކު ކަމުގައިވާށެވެ." 

ވީމާ ކޮންމެ މީހަކު ވެސް މިފަދަ ނަޞޭޙަތްތައް އެކުވެރިންނާއި ހަމައަށް ފޯރުކޮށްދީ ދުނިޔޭގެ ޙަޤީޤަތަކީ މިއީކަން ވިސްނައިދޭން މަސައްކަތްކުރާށެވެ! ޙަރާމް ގޮތުގައި ފައިސާ ހޯދުމުން ލިބޭނީ ވަޤުތީ އުފާވެރިކަމެކެވެ. ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ. ހަމައެކަނި ދުނިޔެއަކުވެސް ނޫނެވެ. ބިރުވެތިވާންވީ އާޚިރަތަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން