އަނބިމީހާގެ މި ތިން ބޭނުން ފުއްދައި ނުދެވޭ ފިރިއަކާއެކު އުޅުމަކުން ލިބޭނެ ހިތްހަމަޖެހުމެއްވެސް ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަނބިމީހާގެ މި ތިން ބޭނުން ފުއްދައި ނުދެވޭ ފިރިއަކާއެކު އުޅުމަކުން ލިބޭނެ ހިތްހަމަޖެހުމެއްވެސް ކުރާނެ ފައިދާއެއް ނެތް!

އަނބިމީހާގެ ސަމާލުކަން ކޮންމެ ފިރިއަކުވެސް ބޭނުންވާނެއެވެ. އަދި އަނބިމީހާވެސް ފިރިމީހާގެ ސަމާލުކަމަށް ބޭނުންވާނެއެވެ. މިޣެ ތެރެއިން މިބަލައިލަނީ އަނބިންގެ ސަމާލުކަން ލިބެން އެންމެ ބޮޑަށް ބޭނުންވާ 3 ކަންތަކަށެވެ. 

ފިރިހެނަކު ކައިވެނިކުރަން ބޭނުންވާ ސަބަބުތައް ތަފާތުވެދާނެއެވެ. ނަމަވެސް ޢާންމު ގޮތެއްގައި އަންހެނަކު ކައިވެނިކުރަން ބޭނުންވާނީ މައިގަނޑު 3 ކަމަކަށްޓަކައެވެ.  

ފުރަތަމަ ކަމަކީ އޭނާއަށް އަޅާލައި އެހީތެރިވުމެވެ. ދެވަނަ ކަމަކީ ފިރިމީހާގެ ކިބައިގައި ތަނަވަސްކަންހުރި މިންވަރަކުން އޭނާއަށް ބޭނުންވާ ކަންކަން ކޮށްދިނުމެވެ. 3 ވަނަ ކަމަކީ އޭނާގެ އަގުވަޒަންކޮށް ހިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމެވެ. އިތުރު ގޮފިތައް ނުކުންނާނީ މި 3 ކަންތަކުގެ ތެރެއިންނެވެ.  

މައިގަނޑު މި 3 ކަންތައް ކޮށްދޭނެ ފިރިއަކު ލިބިފައިނުވާނަމަ ފިރިއަކު ހުރިނަމަވެސް ފިރިއަކު އެބަހުރިކަމުގެ އިޙްޞާޞްތަކެއް ގިނަ އަންހެނުންނަކަށް ނުކުރެވޭނެއެވެ. އިޙްޞާޞްކުރެވޭނީ މިއިނދެވެނީ އެކަނި ކަމަށެވެ. 

އަންހެނަކު ކައިވެނިކޮށް ޢާއިލާ އާއި ވަކިވެ ފިރިމީހާގެ ޙިމާޔަތުގެދަށަށްދާ ހިސާބުން އޭނާގެ ޢާއިލާއިން ބަލާނީ މި ކަންކަން ފިރިމީހާ ފުރިހަމަކޮށްދޭނެ ކަމަށެވެ. އެހެންވެ އެކަންކަމަކަށް އިތުރަށް ސަމާލުކަމެއް ނުދޭނެއެވެ. ވީމާ ފިރިމީހާގެ ކިބައިން މި 3 ކަންތައް ޙާޞިލުނުވާނަމަ އެއަންހެނަކަށް އުޅެންޖެހޭނީ ވަރަށް އެކަނިވެރި ޙާލަތުގައެވެ.  

ފިރިމީހާ ވާންޖެހޭނީ މި ބުނި 3 ކަންތައް އަނބިމީހާއަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނެ މީހަކަށެވެ. އެފަދަ ފިރިއަކަށް ހިތްދަތިކަން ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. ވަރަށް މަދުން ނޫނީ ދިމާނުވާނެ ކަމެކެވެ. އަދި މި 3 ކަންތައް ކޮށް ނުދެވޭ ފިރިންނާއިއެކު ދިރިއުޅެން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއްވެސް ނެތެވެ. ލިބޭނެ އުފާވެރިކަމެއް ނުއޮންނާނެތީއެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން