ތިބާގެ ހިތް މިސްކިތާ ގުޅުވާލައިފިނަމަ ޤިޔާމަތް ދުވަހު ތިބާ ހުންނާނީ އެންމެ އުފަލުގަ! ޢަރުޝީގެ ހިޔާވަހިކަން ލިބިގެން!

ކިޔުމަށް ހޭދަވާނީ 1މ 8ސ
ތިބާގެ ހިތް މިސްކިތާ ގުޅުވާލައިފިނަމަ ޤިޔާމަތް ދުވަހު ތިބާ ހުންނާނީ އެންމެ އުފަލުގަ! ޢަރުޝީގެ ހިޔާވަހިކަން ލިބިގެން!

ސިއުޒާ

 

ބިންމަތީގައިވާ އެންމެ މާތް ބިނާއަކީ އެއީ މިސްކިތް.  ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގެކޮޅު. ޤިޔާމަތް ދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަރުޝީގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ ދުވަހު، އިރު އެންމެ ކައިވަތެއްގެ ދުރުމިނަށް ގާތް ކުރެވިފައިވާ އިރުގައި އެ ޢަޒާބާއި އެ ހޫނުގެ ކިބައިން މީހާ ސަލާމަތް ވެގެންދޭ 7 މީހެއް. 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްގައި އަންނަނީ، (އެއިގެ ތެރެއިން އެކަކީ) އެއީ އޭނަގެ ހިތް މިސްކިތާ ގުޅި ލާމެހިފައިވާ މީހާ، މިސްކިތަށް ލޯބި ކުރި މީހާ. (وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ) 

އެހެންވީމަ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެން މިސްކިތަށް ލޯބި ކުރަންވީ، ފަރުޟު 5 ނަމާދު ޖަމާޢަތުގަ އަދާކޮށްފަ މިސްކިތުގައި ވަޤުތުކޮޅެއް ޒިކުރު ކޮށްލަން، ކީރިތ ޤުރުއާން ކިޔަވާލަން ހޭދަ ކުރެވޭތޯ މަސެއްކަތް ކުރަންވީ.

- ޝެއިޚް އަބްދުﷲ މިފްޒަލް

އަންހެނުން ސަމާލުކްންދޭންވީ ވަޤުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަތުމަށާއި މުސައްލަމަތީގައި ވަޤުތުކޮޅެއް ހޭދަކުރުމަށެވެ. ވީވަރަކުން ގިނަ ވަޤުތު ހޭދަކުރުމަށެވެ.

 

- މިއަދުނޫސް

 

މިއަދު އޮންލައިން