ރާއްޖޭގައި ތިބެގެން "ވަރކް ވިސާ" އަށް ބަދަލުނުވެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖޭގައި ތިބެގެން "ވަރކް ވިސާ" އަށް ބަދަލުނުވެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން 'ވަރކް ވިސާ' އަށް ބަދަލުނުވެވޭނެ ގޮތަށް އުސޫލު އިސްލާހުކޮށް އަމަލުކުރަން ފަށައިފިއެވެ.

މި ބަދަލާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިފަދަ ވިސާތަކުގައި ރާއްޖެ އެތެރެވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވަރކް ޕާމިޓަށް އެދި ދެން ހުށައެއް ނޭޅޭނެއެވެ. މި ފިޔަވަޅަކީ ދޫކޮށްފައިވާ ވިސާގެ ބޭރުން މަސައްކަތްކުރުމާއި، 'އޯޕަން ވިސާ' ގެ ނަމުގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެމުންދާ މައްސަލަ ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، މިހާތަނަށް 294,000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ވަނީ އެއްކޮށްފައެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުން، ޞައްޙަ ވޯކް ޕާމިޓަކާއެކު މިވަގުތު ވެސް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު ވަނީ 208,937 އަށް ވުރެ މައްޗަށް އަރާފައެވެ. ބިދޭސީންގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިއަދު އޮންލައިން