ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް

އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގެ ތެރެއިން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރު ވިދާޅުވެއްޖެއެވެ.

ހަލާލް ޓޫރިޒަމަކީ އިސްލާމީ އަސާސްތަކަށް އިސްކަންދީގެން، ހަލާލް ކެއިންބުއިމާއި އެކަހެރިކަން (ޕްރައިވެސީ) ފަދަ ޚާއްސަ ޚިދުމަތްތައް ފަތުރުވެރިންނަށް ފޯރުކޮށްދިނުމެވެ.

މި ފެއާގެ ތެރެއިން ކުރިއަށްދާ ބީޓުބީ (ބިޒްނަސް ޓު ބިޒްނަސް) ބައްދަލުވުންތަކުގައި، ހަލާލް ޓޫރިޒަމްގެ ޑިމާންޑާއި ރާއްޖޭގައި އެ ދާއިރާ އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެމުންނެވެ.

ޚާއްސަކޮށް މެދުއިރުމައްޗާއި ހުޅަނގުގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ހަލާލް ޓޫރިޒަމަށް އޮތް ޑިމާންޑު ބޮޑުވަމުން އަންނަކަން މި މަޝްވަރާތަކުގެ ތެރެއިން ވަނީ ފާހަގަކުރެވިފައެވެ.

މިއަދު އޮންލައިން