ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވުމަށް އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވުމަށް އަންގައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އަންގަވައިފިއެވެ.

އަލަށް ޢަމަލުކުރަން ފެށި ގަވާއިދުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބަލާ މައްސަލަތަކުގައި މުވައްޒަފަށް މުސާރަ ދީފައިވާކަމަށް ބެލެވޭނީވެސް އެފަދަ ބޭންކު އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާނަމައެވެ.

މީގެ ކުރިންވެސް ބޭންކު އެކައުންޓް މެދުވެރިކޮށް ބިދޭސީންނަށް މުސާރަ ދިނުން ލާޒިމުކުރި ނަމަވެސް، ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ގިނަވުމުގެ ސަބަބުން އެކަން އެންމެ އެދެވޭ ގޮތުގައި ތަންފީޒުކުރުމަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.

މި ބަދަލަކީ ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދައި، އެމީހުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުމަށާއި، ރާއްޖޭގައި ހިނގާ ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ހަމަޖެއްސުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން