ނަޑެއްލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ނަޑެއްލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށްފި

ގދ. ނަޑެއްލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ހަސަން ފަޔާޒެވެ.

މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭ ބަޔާއި، އިމާމު ކޮޓަރިއާއި ލައިބްރަރީ އަދި ޤުރުއާން ކުލާސް ހިމެނެއެވެ. މި މިސްކިތުގައި އޭސީ ހަރުކުރުމުގެ އިތުރުން ސޯލަރ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 10.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

މިއަދު އޮންލައިން