ފުރިހަމަ ޞިއްހަތެއްގައި ހުރިނަމަ ކެއުމުގެ ރަނގަޅު އާދަތަކަށް ސަމާލުކަން ކުޑަކުރެވެއެވެ. އެހެންވެ ނިދުމުގެ ވަޤުތު ގާތްވެފައިވަނިކޮށްވެސް ކުޅިގަދަ ބާވަތްތަކާއި ގިނައިން ތެޔޮ ހުންނަ ބާވަތްތައް ކައިހަދައެވެ.
އެއިރުން އެއެއްޗެތީގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ވައި އުފެދެއެވެ. އެތެރެހަށީގައި އުފެދޭ ހޫނުން ހިތަށާއި އެހެންވެސް ނާޒުކު ގުނަވަންތަކަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ނުބައިވައި ލެވުމާއި މޭއެންދުމުގެ މައްސަލަތައްވެސް ބޮޑުވެގެންދެއެވެ. އަދި ހޭލާއިރު މެއަށް ބާރުވެފައި ހުރުން ފަދަ ކަންކަންވެސް ކުރިމަތިވެއެވެ.
ކިތަންމެ މީރު ނަމަވެސް ކުޅިއެއްޗެއްސާއި ތެޔޮ ގިނަ އެއްޗެއް، އަދި ތެލުލި އެއްޗެއް ކާނަމަ ރަނގަޅަށް ޙަޖަމްވާނެ ވަޤު އޮއްވައިކާށެވެ. އެންމެ ރަނގަޅު ގޮތަކީ ކައިގެން މަދުވެގެން 15، 20 ވަރަކަށް މިނިޓް ހިނގައިލުމެވެ. ނޫންނަމަ ގަޑިއެއްހާއިރު ކޮންމެވެސް މަސައްކަތެއް ކުރާށެވެ.
ނިދަން ކައިރިވެފައި ހުއްޓައި އެއްޗެއް ކާނަމަ، ޔޯގަޓް، ބެރީސް، މާމުއި ފަދަ އެތެރެހަށްޓަށް ފިނިކަން ގެނެސްދޭނެ އެއްޗެއް ކާށެވެ! އެއިރުން މިބުނިފަދަ ނުރައްކާތައް ކުޑަވާނެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު