ދަރަނިވެރިއަކަށް އަދާކުރެވެން ނެތް ޙާލަތުގަ ފަސްކޮށްދިނުމަކީ ޤިޔާމަތް ދުވަހު އެންމެ މަތިވެރި ދަރަޖަ ދެއްވަވާނެ ކަމެއް! އެއީ ޢަރުޝީގެ ޙިޔާވަހިކަން ލިބި ސުވަރުގެ ވަދެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 6ސ
ދަރަނިވެރިއަކަށް އަދާކުރެވެން ނެތް ޙާލަތުގަ ފަސްކޮށްދިނުމަކީ ޤިޔާމަތް ދުވަހު އެންމެ މަތިވެރި ދަރަޖަ ދެއްވަވާނެ ކަމެއް! އެއީ ޢަރުޝީގެ ޙިޔާވަހިކަން ލިބި ސުވަރުގެ ވަދެވުން!

ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބިއްޖެނަމަ އެމީހަކު ސުވަރުގެ ވައްދަވާނެތެވެ. ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނީ ސުވަރުގެ ލިބުން ޙައްޤުވާ މީހުންނަށެވެ. ދަރަނިވެރިއަކަށް ދަތިޙާލަތެއް ކުރިމަތިވެގެން އެދުމުން ދަރަނި ފަސްކޮށްދިނުމަކީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ ކަމެކެވެ. ޙަދީޘްފުޅުން އެކަން އެނގެން މިއޮތީއެވެ.  

ގުޅުންހުރި ލިޔުމެއް-:  

ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ޘަވާބާއި ދަރުމަހުރި ކަމެކެވެ. ކީރިތި ރަސޫލާ ސއވ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ لَهُ، أَظَلَّهُ اللهُ يَوْمَ الْقِيَامَةِ تـَحْتَ ظِلِّ عَرْشِهِ يَوْمَ لَا ظِلَّ إلَّا ظِلُّهُ)[1] މާނައީ: "އަތްމަތި ދަތި މީހަކަށް ދަރަނި ފަސްކޮށްދީފި މީހާއަށް، ނުވަތަ ޢަފޫކޮށްދީފި މީހާއަށް، اللهُ ގެ ޢަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ޤިޔާމަތް ދުވަހު، އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެއެވެ." 

ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެންނެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ.)[2] މާނައީ: "މުއުމިނާގެ ފުރާނަވަނީ، އޭނާގެ ދަރަނީގެ ސަބަބުން އެލުވިގެންނެވެ. (އެބަހީ: އެ ފުރާނަ އާމެދު ވަކި ގޮތަކަށް ނުނިންމަވައި ފަސްކުރެއްވިގެންނެވެ.) އެއީ، އޭނާގެ ދަރަނި އަދާކޮށްދެވިއްޖައުމަށް ދާންދެނެވެ." ހަމަ އެ ފަދައިން އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެއެވެ. ކީރިތި ރަސޫލާ ސއވ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ فَارَقَ الرُّوْحُ الْـجَسَدَ وَهُوَ بَرِيْءٌ مِنْ ثَلَاثٍ، دَخَلَ الْـجَنَّةَ: مِنَ الْكِبْرِ، وَالْغُلُوْلِ، وَالدَّيْنِ.)[3] މާނައީ: "މީހާގެ ހަށިގަނޑާއި ފުރާނަ ވަކިވާހިނދު، ތިންކަމަކުން އޭނާ ބަރީއަވެގެންވާ ނަމަ ސުވަރުގެ ވަދެވޭ ހުއްޓެވެ. އޭނާ ސުވަރުގެ ވަނުމަށް ހުރަސްއަޅާ ތިން ކަމަކީ، އޭނާގެ ކިބުރުވެރިކަމާއި، ޚިޔާނާތްތެރިކަމާއި އަދި އޭނާގެ ދަރަންޏެވެ." 

ދަރަނިވެރިވެ، އެ ދަރަނީން މިންޖުނުވެގެން އުޅެން ޖެހިދާނެތީ، އެ ކަމުން ރައްކައުތެރިވުމަށް އެދި ދުޢާކުރާށެވެ! ކީރިތި ރަސޫލާ ސއވ އަންނަނިވި

ޢިބާރާތުން ދުޢާކުރައްވައި އުޅުއްވިކަމަށް عَبْدُ اللهِ بْنُ عَمْرٍو رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. (اَللّٰهُمَّ إِنِّي أَعُوْذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَشَـمَاتَةِ الأَعْدَاءِ)[4] މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ދަރަނިވެރިވުމުގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟުރަތުގައި މި އަޅާ ދުޢާދަންނަވަމެވެ. އަދި ޢަދާވާތްތެރިން އުފާވާނޭ ކަންކަމުން ރައްކައުތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟުރަތުގައި މި އަޅާ ދުޢާދަންނަވަމެވެ."

 

- ޚުޠުބާއަކުން


މިއަދު އޮންލައިން