ޤަޟާކުރަންޖެހޭ ރޯދަ ހުރިނަމަ އަވަސްވެގަންނަމާށެވެ! ހަފްތާ ބަންދުގައި ނަމަވެސް ހިފައި އަވަހަށް ހަމަކުރަމާހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޤަޟާކުރަންޖެހޭ ރޯދަ ހުރިނަމަ
އަވަސްވެގަންނަމާށެވެ! ހަފްތާ ބަންދުގައި ނަމަވެސް ހިފައި އަވަހަށް
ހަމަކުރަމާހެއްޔެވެ؟


ކުރިއަށް މިދަނީ ރަބީޢުލް އާޚިރުމަހެވެ. ރަމަޟާން މަހުން ފެށިގެން ބަލާނަމަ ކުރިއަށް މިދަނީ ކުޑަ ފަޅިއެވެ. ރަމަޟާންމަހުގެ ކުރިއަށް ދެން އޮތީ އެންމެ 4 މަސްދުވަހެވެ. އެހެންކަމުން އަހަރުގައި ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. އަހަރުގައި އަދި 4 މަސް އޮތަސް ވިސްނާލަންވީ ތިމާގެ ޢުމުރުގައި ބާކީ ދުވަސްތަކެއް ނެތިދާނެކަމެވެ.

އެކަމަށް ވިސްނައި ރަމަޟާން މަހުގެ ރޯދަ ގެއްލި ޤަޟާކުރަން ޖެހިފައިވާނަމަ އެކަން ކުރަން އަވަސްވެގަންނާށެވެ! ޤަޟާ ނުކުރެވެނީސް މަރުވެއްޖެ ނަމަ އެކަން ވާނީ ދަރަންޏަކަށެވެ. މީގެ އިތުރުން ކޮންމެ އަޅުކަމަކަށްވެސް މޮޅު އިތުރުވެގެންވަނީ އަވަސްވެގަތުމެވެ. 

ރޯދަ ޤަޟާ ކުރުން ފަސްކުރުމާއި ހަފްތާ ބަންދުގައި ރޯދަ ހިފުމާއި ބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ވިދާޅުވެފައިވެފައިވެއެވެ.

"އަނެއް ރަމަޟާން މަސް ފެށުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ރޯދަ ހިފިދާނެއެވެ." އަދި "ވަގުތު ދަތިވެގެން ހުކުރު ނުވަތަ ހޮނިހިރެއްގައި ރޯދަ ހިފާނަމަ އެއިގެ ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހެއްގައި ރޯދަ ހިފަންވާނެއެވެ."  

 މާނައަކީ މިއަހަރުގެ ރަމްޟާން މަސް ފެށުމުގެ ކުރިން ކުރީ އަހަރުގެ ރޯދަތައް ޤަޟާކޮށް ނިންމައިފިނަމަ ފުދުނީއެވެ.  

މާނައަކީ ހުކުރު ދުވަހު ރޯދަ ހިފާނަމަ އެދުވަހާއި ގުޅުވައިގެން ބުރާސްފަތި ނުވަތަ ހޮނިހިރު ދުވަހު ރޯދަ ހިފުމެވެ. ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ ގުޅުވައިގެން ހަމަ މިފަދައިން ރޯދަ ހިފުމެވެ.  

މޮޅު އިތުރުވެގެންވަނީ އެންމެ ފަހު ދުވަހަށް މަޑުނުކޮށް ވީހައި އަވަހަށް ރޯދަ ހިފުމެވެ. އެންމެ ފަހަށް މަޑުކޮށްގެން ހުއްޓައި ކަންކަން ދިމާވާނެ ގޮތެއް އެކަކަށްވެސް ނުއެނގޭނެތީއެވެ.

 

މިއަދު އޮންލައިން