ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި

ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރެފައިވާ ޔުނިކޯޑް ސްޓޭންޑަރޑްގެ ވާރޝަން 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނާފައިވާކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. މިއީ 16 ސެޕްޓެންބަރު 2026 ގައި އާންމުކުރި ވާރޝަންގައި ހިމަނާފައިވާ ބަދަލެކެވެ.

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާނަށް ޚާއްސަކޮށްފައިވަނީ U+202C ކޯޑް ޕޮއިންޓެވެ. ދިވެހި ރުފިޔާގެ ރަސްމީ ނިޝާނަކީ 2022 ވަނަ އަހަރު ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވާ ނިޝާނެކެވެ.

މި ނިޝާން ޔުނިކޯޑް ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމާއެކު، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށްޓަކައި އެހީތެރިވެ މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް އެމްއެމްއޭ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަދު އޮންލައިން