މިއަދު ދުނިޔޭގަ މިތިބަ މީހުންނަށްވެސް ޞަޙާބީން ފަދައިން މަސައްކަތްކުރެވިއްޖެނަމަ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މިއަދު ދުނިޔޭގަ މިތިބަ މީހުންނަށްވެސް ޞަޙާބީން ފަދައިން މަސައްކަތްކުރެވިއްޖެނަމަ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެކަން ޤުރްއާނުން-

ތިމާޢަކީވެސް ޞާލިޙް އަޅަކަށްވެ ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމަށް އެދޭ ކަމަށް ކޮންމެ މުސްލިމަކުވެސް ވަރަށް ބާރަށް ބުނެއެވެ. ނަމަވެސް އެކަމަކީ ހަމައެކަނި ބާރަށް ބަހެއް ބުނެލައިގެން ޙާޞިލްކުރެވެން އޮތް ކަމެއް ނޫނެވެ. ތަފްޞީލަށް ކުޑަކޮށް ބަލައިލަމާ ހިނގާށެވެ!  

ތިމާއަކީ ވެސް މުސްލިމަކު ކަމުގައި ހަމައެކަނި ބުނުމަކުން އެމީހަކީ ޞާލިޙް އަޅަކަށް ނުވެއެވެ. ޞާލިޙް އަޅަކަށް ވެވޭނީ ޞާލިޙް އަޅުން ޢަމަލުކުރި ފަދައިން ޢަމަލުކުރުމުންނެވެ. އެކަން ބަޔާން ކުރައްވަވައި ﷲ ތަޢާލާ ވަހީ ކުރައްވަވާފައިވަނީ މިފަދައިންނެވެ.  

"އަދި އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ޞާލިޙް އަޅުންގެ ތެރެއަށް ވައްދަވާހުށީމެވެ." (އަލް ޢަންކަބޫތު: 9)  

އުފާކުރަންވީ ޚަބަރަކީ މިއީއެވެ. އަހަރެމެންނަށް އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް (ﷺ) އާއި މިދުނިޔޭގައި ބައްދަލުނުވި ނަމަވެސް އަހަރެމެންގެ ދުލާއި އަތްތަކުން ޞާލިޙް ޢަމަލުތައް ކޮށްފިނަމަ ލިބިގެން މިދަނީ އަހަރެމެންވެސް ހަމަ ރަސޫލް (ﷺ) އަރިއަހުގައި ޞަޙާބީންނާއިއެކު ސުވަރުގޭގައި ލައްވަވާނެ ކަމުގެ އުފާވެރި ޚަބަރެވެ. އިތުރަށް ބޭނުންވާނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟  

އިސްލާމް ދީނަކީ ތަޅާފޮޅަމުން ދިއަ އަތްތަކަކީ އަނިޔާއިން މީހުން ސަލާމަތްކުރާ އަތްތަކަކަށް، މީހުންގެ އަތުން ފޭރެމުން ދިއަ އަތްތަކަކީ ދީލަތިކަމުން މީހުންނަށް ޞަދަޤާތްކުރާ އަތްތަކަކަށް، މީހުންނަށް ގެއްލުން ދެމުން ދިއަ އަތްތަކަކީ ދުޢާކުރަން އުފުލާ އަތްތަކަކަށް ބަދަލުކޮށްލި ދީނެވެ.  

މިއަދު މިތިބީ ވެސް ހަމަ އެ އިސްލާމް ދީނުގައި ތިބި މުސްލިމުންނެވެ. އަހަރެމެންގެ ޢަމަލުތައް މިއަދު ހުރީ ހަމަ މިމަގުންހެއްޔެވެ؟ އަހަރެމެންގެ ދުލާއި އަތްތަކުން މިއަދު މިކުރަނީ ހަމަ އެކަންކަން ހެއްޔެވެ؟ އަހުރެމެންގެ އަތްތަކުން މިކުރަނީ ޞަޙާބީން ކުރެއްވެވިފަދައިން ޞާލިޙް ޢަމަލުތައް ހެއްޔެވެ؟ މިއީ ހަމަ ކޮންމެ މީހަކުވެސް އެމީހާގެ އަމިއްލަ ނަފްސާއި ކޮށްލަން މުހިންމު ސުވާލުތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން