ކަންކަން އެންމެ މޮޅަށް ތިމާއަށް އެނގޭކަމަށް ޤަބޫލުކުރެވުމަކީ އޭނާގެ ހުރި އުނިކަން އަންގައިދޭ ކަމެއް! އެންމެ ކުޑަމިނުން ތިމާއަށް އެންމެ ފައިދާކުރާނެ ގޮތް އެނގޭނެ މީހަކުވެސް ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކަންކަން އެންމެ މޮޅަށް ތިމާއަށް އެނގޭކަމަށް
ޤަބޫލުކުރެވުމަކީ އޭނާގެ ހުރި އުނިކަން އަންގައިދޭ ކަމެއް! އެންމެ ކުޑަމިނުން
ތިމާއަށް އެންމެ ފައިދާކުރާނެ ގޮތް އެނގޭނެ މީހަކުވެސް ނުހުންނާނެ!

 

ޢިލްމުގެ ތެރެއިން އިންސާނުންނަށް ދެއްވަވާފައިވަނީ

ވަރަށް ކުޑަކުޑަ މިންވަރެކެވެ. އަދި ބާރުތައްވެސް ދެއްވަވާފައިވަނީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ނަމަވެސް ބައެއް މީޙުންނަށް އެކަން ޤަބޫލުނުކުރެވި މަގުއޮޅިގެންދަނީއެވެ. މިއީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހިފައި އޮތް ކަމެކެވެ.  

ބައެއް މީހުން ބުނާ ގޮތުން އެމީހުންނަށް ހުރިހާ ކަމެއްވެސް ވަރަށް މޮޅަށް އެނގެއެވެ. އެމީހުންނަށް ނުއެނގޭ އެއްވެސް ކަމެއް އޮންނަ ކަމަކަށްވެސް ނުވެއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަކީ އަހަރެމެންނަކީ މާ ބޮޑަށް ކަންކަން އެނގޭ ބައަކަށް ހެދިގެން އުޅޭއިރު އަހަރެމެންނަށް ފައިދާހުރި ގޮތް ވެސް އަހަރެމެންނަށް ނުއެނގޭ ކަމެވެ. 

އެކަން އެނގިގެންދަނީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުންނެވެ! 

"--އަދި ތިއަބައިމީހުން ނުރުހޭ ކަމެއް އެއީ ތިއަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިއަބައިމީހުން ރުހޭ ކަމެއް، އެއީ ތިއަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިއަބައިމީހުންނަކަށް ނޭނގެއެވެ." ( އަލްބަޤަރާ: 216 

ވީމާ ތިމާއަކީ މާމޮޅަށް ކަންކަން އެނގޭ މީހެއްކަމުގެ ދައުވާ ނުކުރާށެވެ! ޚާއްޞަކޮށް އިސްލާމް ދީނުގައިވާ ގޮތްތަކަށްވުރެ ފުރިހަމައަށް ކަންކަން އެނގޭކަމަށް ހެދެން ނުއުޅޭށެވެ! ކީރިތި ޤުރްއާނާއި ސުންނަތަށްވުރެ މޮޅު ގޮތްގޮތް އެނގޭކަމަށް ހީވެސްނުކުރާށެވެ.  

އެފަދަ ގޮތްގޮތަށް އުޅޭ މީހުންނަކީ ޙަޤީޤަތުގައި ހަމަ އެއްވެސް ކަމެއް ނުއެނގޭ މީހުންނެވެ. އެހެނީ އެންމެ ކުޑަމިނުން އެމީހުން އެގޮތަށް އެބުނަނީ މިއާޔަތް ކީރިތި ޤުރްއާނުގައި އޮތްކަންވެސް ނުއެނގޭތީއެވެ! ދެން އެމީހަކަށް އެނގޭނީ ކޮން ކަމެއް ހެއްޔެވެ؟  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން