ޙަސަދަވެރިން އަބަދުވެސް ތިބޭނީ ފުރުޞަތަކަށް ބަލަން! ޙަސަދަވެރިންނަށް ގިނަ ފަހަރު ތިބާއަށް ގެއްލުންދެވޭ ސަބަބާ ސަލާމަތްވެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ޙަސަދަވެރިން އަބަދުވެސް ތިބޭނީ ފުރުޞަތަކަށް
ބަލަން! ޙަސަދަވެރިންނަށް ގިނަ ފަހަރު ތިބާއަށް ގެއްލުންދެވޭ ސަބަބާ
ސަލާމަތްވެވޭނެ ގޮތް!

 

"އިތުބާރުކުރަނީ ކަލާނގެއަށެވެ! އެންމެންވެސް ފައިސާ ދައްކާށެވެ!" މިފަދައިން ލިޔެވިފައިވާ ޕޯސްޓަރުތައް ފެންނާނެއެވެ. އެބުނާ ވާހަކައަކީ ފައިސާގެ މުޢާމަލާތްތަކުގައި ހަމައެކަކަށްވެސް އިތުބާރުނުކުރެވޭނެ ކަމަށެވެ. ޚިދުމަތް ލިބޭނީ އަގުއަދާކުރުމުން ކަމެވެ.

މިވާހަކަ ދިރިއުޅުމާ ގުޅުވައިލަމާ ހިނގާށެވެ! ކުރާ ކޮންމެ ކަމެއްގައިވެސް ވާގިއެދުމާ އިތުބާރުކުރުން އޮތީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެއްވެސް އިންސާނަކަށް އިތުބާރުކުރަންވާނީ ތިމާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ މިންވަރަކަށެވެ. އެކަމުގައި ހަމައެކަކުވެސް އިސްތިސްނާ ނުކުރާށެވެ.  

ރަނގަޅަށް ވިސްނައިލާށެވެ! ގިނަފަހަރު ޙަސަދަވެރިންނަށް ތިބާއަށް ގެއްލުންދޭން ފުރުޞަތު ލިބިފައި އޮންނަނީ ހަމަ ތިބާގެ ސަބަބުންނެވެ. ގާތް މީހުން ކަމަށް ޤަބޫލުކުރެވި ކުރެވޭ އިތުބާރުގެ ސަބަބުންނެވެ. ވީމާ ވިސްނައި ހޭލުންތެރިވާށެވެ!

"ތިބާގެ ހިތަށް އަނިޔާވާނެ ކަންކަން ކޮށް، ތިބާ ބަދުނާމުކޮށް ފަޟީޙަތްކޮށް ތިބާގެ ހިތްވަރު އެލުވާލަން މަސައްކަތްކުރާ ބައަކު އަބަދުވެސް ތިބޭނެއެވެ. ތިބާއަކީ ރަނގަޅު ނޫން މީހެއްގެ ގޮތުގައި މީސްތަކުންނަށް ވިސްނައިދިނުމަށްވެސް އެފަދަ މީހުން މަސައްކަތްކުރާނެއެވެ!  

އެހެންނަމަވެސް އެމީހުންނަށް އެކަންކަން ޙާޞިލުކުރެވޭނީ އެކަމުގައި ތިބާ ޢަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އެކަން ކުރުމުގެ ބާރު ތިބާ ނުދޭނަމަ އެމީހުންނަކަށް އެއިން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެމީހުންނަށް އެކަން ކުރުމުގެ ފުރުޞަތު ނުދޭށެވެ!"

މުފްތީ މެންކް 

މުފްތީ މެންކް ވިދާޅުވެފައިވާ މި ބަސްފުޅުން ޢިބްރަތް ޙާޞިލުކުރަން ޖެހޭ ދެ ކަމެއް ވެއެވެ.  

ފުރަތަމަ ކަމަކީ ތިބާގެ ސިއްރުތައް އެއްވެސް މީހަކަށް ހާމަ ނުކުރުމެވެ. އެކަމެއް މީހުންނަށް އެނގުމުން ތިބާ ދެރަވާން ޖެހޭނެ އެއްވެސް ކަމެއްގެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުދައްކާށެވެ! ތިބާގެ ސިއްރުތައް ވަރުގަދައަށް ހިފަހައްޓާށެވެ!  

ބަސް ނުބުނާހައި ހިނދަކު ބަހަކީ ތިބާގެ އަޅެކެވެ. ބަސް ބުނުމަށްފަހު ތިބާއަކީ ތިބާއަށް އެ ބުނެވުނު ބަހުގެ އަޅެކެވެ. ބުނެވޭ ސިއްރުގެ ސަބަބުން އެހެން މީހުންގެ އަޅުންނަށް ވާންޖެހެނީ އެ ސަބަބަށްޓަކައެވެ.  

ދެވަނަ ކަމަކީ ﷲ ތަޢާލާ ނަހީ ކުރެއްވެވި އެއްވެސް އަމަލެއް ނުކުރުމެވެ. ސިއްރުގައި ނަމަވެސްމެއެވެ. ކިތަންމެ ސިއްރުން ކުރަން އުޅުނު ނަމަވެސް ހީވެސް ނުކުރެވޭހައި ގޮތަކުން އެކަން ހާމަވެދާނެއެވެ. އެއިރުން ހަސަދަވެރިންނަށް އެކަމުގެ ވާހަކަތައް ދައްކަން ފުރުޞަތު ލިބޭނެއެވެ! އެއްވެސް ނުބައި ކަމެއް ނުކުރާނަމަ ކުރިކަމަކަށް ނުދެއްކޭނެއެވެ. ފަތުރަން ޖެހޭނީ ދޮގެވެ.  

މުފްތީ މެންކް ބާރު އަޅުއްވާފައި އެވަނީ މި ކަންކަމަށް ވިސްނުމަށެވެ!

--މިއަދުނޫސް

 

މިއަދު އޮންލައިން