ޢާއިޝަތު ރަފާޙް ޢަލީ
ލޯބިވާ އަޚުންނާއި އުޚްތުންނޭވެ!
ފިރިއެއްގެ ގޮތުގައިވާ އަޚާއާއި އަތްބެއްގެ ގޮތުގައިވާ އުޚްތާއެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކައިވެނީގެ ނިޢުމަތް ތިޔަބައިމީހުންނަށް މިންވަރުކުރައްވާފައެވެ. ކައިވެނީގެ ފުރުޞަތުން މަޙްރޫމްވެފައިވާ އެތައް މިލިއަން ބަޔަކު ދުނިޔޭގައި އުޅޭއިރު، ﷲ ތަޢާލާ ވަނީ ތިޔަބައިމީހުންނަށް ކައިވެނީގެ ހެޔޮ ނިޢުމަތް ދެއްވާފައެވެ. ދެން އޮތީ އެ ބޮޑު ނިޢުމަތް ދަމަހައްޓަން މަސައްކަތްކުރުމެވެ.
ﷲ ތަޢާލާ ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٢١﴾
މާނައީ: "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. (21)"
ތިޔަބައިމީހުންގެ ބައިވެރިޔާއަށް ލޯބިދީ، އިޙްތިރާމްކޮށް، އިތުބާރުކޮށް، އަދި ޤަދަރުކުރާށެވެ. ރަމަޟާން މަސް އައުމުގެ ކުރިން ދެމަފިރިން އެކުގައި އިށީންދެ، އާ ފެށުމަކުން ފެށުމަށް އެކަކު އަނެކަކަށް ބަސް ބުނާށެވެ. ގޭތެރެއިން ޝައިޠާނާ ނެރެ އެއްލާލާށެވެ. ތިޔަބައިމީހުންގެ ދެމެދަށް ޝައިޠާނާ ވަދެ، ތިޔަބައިމީހުންގެ ދިރިއުޅުން އެވަނީ ހަލާކުކޮށްލާފައެވެ. އަމާން، އުފާވެރި ގެއެއް އަހަރެމެންނަށް ނުބެހެއްޓެންވީ ކީއްވެގެން ހެއްޔެވެ؟
ރަމަޟާން މަސް އައުމުގެ ކުރިން ތިޔަބައިމީހުން ކިބުރުވެރިކަމާއި އެދުންވެރިކަން ދޫކޮށްލާށެވެ. "އަހަރެންނަށް މަޢާފުކުރާށޭ" ބުނާށެވެ. އެއީ ތިބާގެ އަނބިމީހާއެވެ، ތިބާގެ ދަރިންގެ މަންމައެވެ. އަދި އުޚްތާއެވެ، މިއީ ތިބާގެ ފިރިމީހާއެވެ. ސުބުޙާނަﷲ!
- މިއީ ރަމަޟާން މަހަކާއި ގާތްވެފައިވަނިކޮށް ޝައިޚް މުހައްމަދު ބާޖޫރް ދެއްވާފައިވާ ދަރުސެއްގެ ބައެކެވެ.
- މިއަދުނޫސް