ވަކިލާރިކޮޅެއް މީހަކަށް ދަރަންޏަށް ދީގެން ނަމަވެސް މީހަކަށް އެހީތެރިވެއްޖެނަމަ ދެއްވަވާނެ ޘަވާބުގެ މިންވަރު ހާދަ މަތިވެރިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ވަކިލާރިކޮޅެއް މީހަކަށް ދަރަންޏަށް ދީގެން ނަމަވެސް މީހަކަށް އެހީތެރިވެއްޖެނަމަ ދެއްވަވާނެ ޘަވާބުގެ މިންވަރު ހާދަ މަތިވެރިއެވެ!

ޘަވާބުލިބެންހުރި ޢަމަލުތައް ވަރަށް ގިނައެވެ. މިބަޔާންކުރަނީ ކުޑަކުޑަ ޢަމަލަކުން ވަރަށް މަތިވެރި ޘަވާބު ހޯދަން ކުރަން އޮތް 3 ކަމެކެވެ.  

އަޅަކު މިނިވަންކުރުމަކީ އެޒަމާނުގައި މީހަކަށް ކުރެވޭނެ އެންމެ ބޮޑު ހެޔޮ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އެފަދަ މަތިވެރި ޢަމަލަކަށް ﷲ ތަޢާލާ ދެއްވަވާނެ ޖަޒާ ހޯދަން މިއަދުވެސް މިއޮތީ މަގުފަހިކޮށެވެ.  

1 ތިބާގެ ޙާލު ހުރިގޮތުން ބަކައްޓެއް ދެވެން ނެތްހާލުގައި އެއިގެ ކިރު ބޭނުންކުރަން މުއްދަތަށް ބަކައްޓެއް ދިނުން.  

2. ދަތިޙާލުގައިވާ މީހަކަށް އެހީތެރިވުމުގެ ޞަދަޤާތްކުރެވެން ނެތް ޙާލުގައިނަމަވެސް އަނބުރައިދައްކާގޮތަށް މީހަކަށް ވަކިލާރިކޮޅެއް ނަމަވެސް ދިނުން.  

3. (މަގުމަތީގައި މަގު އޮޅިފައިވާ މީހަކަށް ނަމަވެސް) މަގު އޮޅިފައިވާ މީހަކަށް މަގުދައްކައިދީ އެޙާލަތުން އޭނާ ސަލާމަތްކުރުން. (އޭނާ ދަތުރުކުރާނެ ވެހިކަލެއް ނުދެވުނު ނަމަވެސް މަގުދައްކައިދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ. ދީނީ ގޮތުން މަގުއޮޅިފައިވާ މީހަކަށް މަގުދައްކައިދިނުމުން ދެއްވަވާނެ ދަރަޖަ ހިތަށް ގެންނާށެވެ.)  

އަޅަކު މިނިވަންކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކިހާމަތިވެރި، އެތައް ބައިވަރު ޘަވާބު ދެއްވާބެ ކަމެއްކަން އަހަރެމެންނަށް އެބަ އެނގެއެވެ. ޙަދިޘްފުޅުގައި އޮތީ މިއިން އަމަލެއް ކޮށްފި މީހަކަށް އަޅަކު މިނިވަންކުރުމުގެ ޘަވާބު ދެއްވަވާނެ ކަމަށެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން