ފަރުޟް ނަމާދުތަކަށް ދިއުމަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެމީހަކަށް މަތިވެރިވެގެންވާ މެހެމާންދާރީއެއް ތައްޔާރުކޮށްދެއްވަވާ ކަމެއް! – ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ފަރުޟް ނަމާދުތަކަށް ދިއުމަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެމީހަކަށް މަތިވެރިވެގެންވާ މެހެމާންދާރީއެއް ތައްޔާރުކޮށްދެއްވަވާ ކަމެއް! – ޙަދީޘް

ބޮޑާކަމުންނާ ކަންނެތްކަމުން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ނުގޮސް ގޭގައި ނަމާދުކުރާ މީހުން މިޙަދީޘްފުޅަށް ވިސްނައިނުލަނީ ކީއްވެގެން ހެއްޔެވެ؟ 

عَنْ أبي هريرة  عن النَبِيِّ ﷺ قَالَ: منْ غدَا إِلَى المَسْجِدِ أَوْ رَاحَ، أعدَّ اللَّهُ لَهُ في الجنَّةِ نُزُلاً كُلَّمَا غَدا أوْ رَاحَ. متفقٌ عَلَيهِ. 

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. "ދުވާލުގެ ކުރީކޮޅު އަދި ފަހުކޮޅުގައި (އެބަހީ ފަރުޟު ނަމާދުތަކަށް) މިސްކިތަށްދާ މީހަކަށް، އޭނާ މިސްކިތަށްދާ ކޮންމެ ފަހަރަކަށް ﷲ ތަޢާލާ އެމީހަކަށްޓަކައި ސުވަރުގެއިން މަތިވެރިވެގެންވާ މެހެމާންދާރީއެއް ތައްޔާރުކޮށްދެއްވައެވެ."

(އަލްބުޚާރީ އަދި މުސްލިމް)  

މިޙަދީޘްފުޅުގައި މިވާ މެހެމާންދާރީ ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ މެހެމާންދާރީ އަދާކުރުމުގެ ގޮތުން ދޭ ކޮއްތާއި (ޖާފަތާއި) ރިޒްޤާއި އަދި އެނޫންވެސް މެހެމާންދާރީ އަދާކުރުމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ޝާމިލްވާކަމުގައެވެ.

 

- ޝައިޚް އާދަމް ނިޝާން ޢަލީ

 

މިއަދު އޮންލައިން