ޢާއިޝަތު ރަފާޙް ޢަލީ
އެއްވެސް މީހަކަށް އެކަށީގެންވާ ވަޒީފާއެއް ނުލިބި، ރިޒުޤު ތަނަވަސްނުވެ، ދިރިއުޅުމުގެ ދަތިކަން ކުރިމަތިވެއްޖެނަމަ، އަންނަނިވި ކަންކަން ޤަބޫލުކޮށް ހަނދާންބަހައްޓާށެވެ.
1. ރިޒުޤު ދެއްވާ ފަރާތަކީ ﷲ ތަޢާލާކަން ޤަބޫލުކުރުން:
މިއީ އެއްވެސް މުސްލިމަކު ޝައްކުކުރާނެ ކަމެއް ނޫނެވެ. ނަމަވެސް، އެއީ ހަމައެކަނި އެނގިފައި އޮންނަ އެނގުމެއްގެ އިތުރުން، އެކަމަށް ފުރިހަމަ ޔަޤީންކަމާއި އީމާންކަން އޮންނަންޖެހެއެވެ. ﷲ އީ އެންމެހައި ރިޒުޤެއް ދެއްވާ ކަރީމްވަންތަ އިލާހުކަން ޔަޤީންކުރާށެވެ.
2. ރިޒުޤު ތިބާއަށް މިންވަރުކުރައްވާފައިވާކަން ޤަބޫލުކުރުން:
މަންމަގެ ރަޙިމުގައި 120 ދުވަސް (4 މަސް) ވީއިރު، މަލާއިކަތްބޭކަލަކު ވަނީ ﷲ އަމުރުކުރައްވައިގެން އެކަން ލިޔުއްވިފައިވާވެއެވެ. އަދި އޭގެވެސް މާ ކުރިން، ކާއިނާތް އުފެއްދެވުމުގެ 50،000 އަހަރު ކުރިން، ލައުޙުލް މަޙްފޫޛްގައި ތިބާގެ ރިޒުޤު ވަނީ ލިޔުއްވާފައެވެ. އެހެންކަމުން، ތިބާ ފެންމަތީގައި ހިނގިޔަސް ނުވަތަ ވައިގެ ތެރޭގައި އުދުނުކަމުގައި ވިޔަސް، ﷲ ތިބާއަށް މިންވަރުކުރެއްވި އެއްޗެއް މެނުވީ ތިބާއަކަށް ނުލިބޭނެއެވެ.
3. އިމްތިޙާނުތައް ދެނެގަތުމާއި ފުރިހަމައަށް އުއްމީދުކުރުން:
ﷲ އަހަރެމެން އިމްތިޙާނު ކުރައްވަނީ ތަފާތު ގޮތްގޮތަށެވެ. ދިރިއުޅުމަކީ އަބަދު އެއްގޮތަކަށް ދާނެ ކަމެއް ނޫނެވެ. އޭގައި އުފަލާއި ދަތިކަން އަންނާނެއެވެ. ވޭތުވެދިޔަ އަހަރުތަކަށް ބަލާލައިފިނަމަ، ދަތި އުނދަގޫ ދުވަސްތަކަށްވުރެ ތަނަވަސްކަމާއި އުފާވެރި ދުވަސްތައް ގިނަކަން ފެންނާނެއެވެ. ނަމަވެސް އިންސާނީ ތަބީޢަތުގެ ސަބަބުން، އަހަރެމެންނަށް ލިބުނު އުފަލާއި ނިޢުމަތްތައް ހަނދާންނައްތާލެވި، ހަމައެކަނި ހަނދާން ހުންނަނީ ބަލިމަޑުކަމާއި ދަތިތަކުގެ މަތިންނެވެ.
ޙަޤީޤީ މުއުމިނަކީ އަބަދުވެސް ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވާ، އަދި އަބަދުވެސް އުއްމީދީ، އިޖާބީ (ޕޮޒިޓިވް) ވިސްނުމެއް ގެންގުޅޭ މީހެކެވެ.
ކުރަންވީ ކަންކަން:
- ޝައިޚް ޢާޞިމް އަލް ޙަކީމްގެ ދަރުސަކުން
- މިއަދުނޫސް