ޚުޠުބާ: "މުއުމިނު އަޅާގެ ދަރަނި އަދާކުރެވިއްޖައުމަށްދާންދެން، ވަކިގޮތެއް ނުނިމި އޭނާގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވެއެވެ." ޙަދީޘް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 3ސ
ޚުޠުބާ: "މުއުމިނު އަޅާގެ ދަރަނި އަދާކުރެވިއްޖައުމަށްދާންދެން، ވަކިގޮތެއް ނުނިމި އޭނާގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވެއެވެ." ޙަދީޘް

މާތް ﷲގެ އަޅުތަކުންނޭވެ! މުދަލާ މެދު އަހަރެމެން ފިކުރުހިންގާ އިރު ވިސްނާން ޖެހޭ އަނެއް ކަމަކީ، ބޭނުމެއް ނެތި ނުވަތަ ދަރަނި އަދާކުރެވޭނޭ ގޮތެއް ވެސް ނެތި ދަރަނި ނެގުމުގައި ޙައްދުފަހަނަޅައި ދިޔުމުގެ މައްސަލައެވެ. ދަރަނީގެ މުޢާމަލާތަކީ އެ ކަމާ މެދު އަހަރެމެން ސަމާލުވާން ޖެހޭ ކަމެކެވެ. އެހެނީ ދަރަނީން ރައްކާތެރިވުމަށް އެދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދުޢާކުރައްވައިފައެވެ. އަދި ދަރަނި އަދާކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ.

(نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ)[1]

މާނައީ: "މުއުމިނު އަޅާގެ ދަރަނި އަދާކުރެވިއްޖައުމަށްދާންދެން، ވަކިގޮތެއް ނުނިމި އޭނާގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވެއެވެ." ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެކެވެ. ދަރަނިދޭ މީހާގެ ޙައްޤެކެވެ. އެހެންކަމުން ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމައެވެ. އަދި މި ފަދައިން ދަރަންޏެއްނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާށެވެ! އެހެނީ ރިބާގެ މުޢާމަލާތްތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން جَابِرُ رَضِيَ اللهُ عَنْهُ ރިވާކުރައްވައިފައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ)[2] މާނައީ: "ރިބާ ކާ މީހާއަށާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއަށާއި، އެ މުޢާމަލާތުގައި ހެކިވެރިވާ މީހާއަށާއި، އެ މުޢާމަލާތްތައް ލިޔާ މީހާއަށް، رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ލަޢުނަތްލެއްވިއެވެ."  

މުސްލިމް އަޚުންނޭވެ! މުދަލުގެ މުޢާމަލާތްތަކާއި އެހެނިހެން ކަންކަމަށް ވެވޭ އެއްބަސްވުންތަކަށް އިޙުތިރާމްކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަޚުލާޤެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޢަޤުދުތައް ފުއްދާށެވެ!" މީސްތަކުންގެ މެދުގައި ވެވޭ މާލީ އެއްބަސްވުންތަކަށް އިޙުތިރާމުކުރުމާއި އެ އަށް ތަބާވުމަކީ ވާޖިބުކަމެކެވެ. އެއީ ދަރަންޏާއި ގަނެވިއްކުމާއި، ކުއްޔަށްދިނުމާއި، އެއްމެދު  އެއްބަސްވުންތައްކަމުގައި ވިޔަސް މެއެވެ. އެހެނީ އެ ފަދަ އެއްބަސްވުންތަކަށް ވަފާތެރިވުމަކީ މުއުމިނުންގެ މަތިވެރި ސިފައެކެވެ.

 

- މިއަދުގެ ޚުޠުބާއިން

 


މިއަދު އޮންލައިން