ޚުޠުބާ: "އެ މީހަކު ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނަށް ދޭންޖެހޭ ކާބޯތަކެތި ނުދީ ހިފެހެއްޓުމަކީ ފާފަވެރިވާނެ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 16ސ
ޚުޠުބާ: "އެ މީހަކު ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނަށް ދޭންޖެހޭ ކާބޯތަކެތި ނުދީ ހިފެހެއްޓުމަކީ ފާފަވެރިވާނެ ކަމެއް!

މުސްލިމް އަޚުންނޭވެ! މުދާ ހޭދަކުރާން ޖެހޭ މުހިންމު އެއް ދާއިރާއަކީ ތިމާ ބަލަހައްޓާން ޖެހޭ ފަރާތްތަކެވެ. އެހެނީ އަނބިދަރީންނަށް ކޮންމެހެން ކުރާން ޖެހޭ ހޭދައަކީ ތިމާގެ މުދަލުގައި ލައްވައިފައިވާ އެ ބައިމީހުންގެ ޙައްޤެކެވެ. އަބުރުވެރިކަމާ އެކު ތިމާގެ އަނބިދަރީންނަށް އުޅެވޭނޭ މިންވަރަށް ތިމާގެ ފެންވަރުގައި ޚަރަދުބަރަދުދޭން ޖެހޭނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كَفَى بِالْمَرْءِ إِثْـمًا أَنْ يَـحْبِسَ عَمَّنْ يـَمْلِكُ قُوْتَهُ)[3] މާނައީ: "އެ މީހަކު ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނަށްދޭން ޖެހޭ ކާބޯތަކެތި ނުދީ ހިފެހެއްޓުން، އެ މީހަކަށް ފާފައަކަށް ފުދެއެވެ."

ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެކެވެ. މުދާ ހޭދަކުރުމުގައި ޢަދުލުވެރިވުމާއި، ދަރަނީން ރައްކާތެރިވުމާއި، ފަހަށް ރައްކާކުރުމާއި، މުދަލުގައި ހިމެނޭ ހައްޤުތަކާ މެދު ޢާއިލާގެ މެމްބަރުންނަށް ނަސޭހަތްތެރިވާންވާނެއެވެ. މާލީގޮތުން ހަރުދަނާ މުޖުތަމަޢެއް ބިނާވުމުން އަމާނާތްތެރިކަމާއި، ތެދުވެރިކަމާ އެކު ޒިންމާދާރުވާނެ މުޖުތަމަޢެއް ބިނާވާނެއެވެ.  

މާތް ﷲގެ އަޅުތަކުންނޭވެ! ހަރުދަނާކަމާ އެކު މާލީ މުޢާމަލާތްތައްކުރުމަކީ ތިމާގެ ޙިކުމަތްތެރިކަމުގެ ޢަލާމާތެކެވެ. އަދި އެއީ ޢާއިލާއާއި މުޖުތަމަޢު ހަރުދަނާވުމުގެ ސަބަބެކެވެ. ފަހެ އަހަރެމެންގެ މާލީ އެންމެހައި ކަންކަމަކީ ﷲގެ ޙަޟުރަތާ ކުއްތަންވުމުގެ ތެރޭގައި ހިމެނޭ ކަންކަމަށް ހަދާންޖެހެއެވެ. ޢަދުލުވެރިކަމާ އެކު ހޭދަކުރުމާއި، އިސްރާފުނުކުރުމާއި ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހެއެވެ.  

މުސްލިމް އަޚުންނޭވެ! މާލީ މުޢާމަލާތްތައްކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެކެވެ. ގަނެވިއްކުމުގައި މުއުމިނު އަޅާ ތެދުވެރިވާނެއެވެ. މުޢާމަލާތްތަކުގައި އަމާނާތްތެރިވާނެއެވެ. ދަރަނި އަދާކުރުމުގައި ފަރުވާތެރިވާނެއެވެ. މީސްތަކުންގެ ޙައްޤުތަކާ މެދު ރައްކާތެރިވާނެއެވެ. ނަބިއްޔާ "އެ މީހަކު ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނަށްދޭން ޖެހޭ ކާބޯތަކެތި ނުދީ ހިފެހެއްޓުން، އެ މީހަކަށް ފާފައަކަށް ފުދެއެވެ." ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلتَّاجِرُ الصَّدُوْقُ الْأَمِيْنُ مَعَ النَّبِيِّيْنَ وَالصِّدِّيْقِيْنَ وَالشُّهَدَاءِ)[4] މާނައީ: "ތެދުވެރި އަމާނާތްތެރި މުސްލިމު ވިޔަފާރިވެރިޔާ ޤިޔާމަތްދުވަހު ވާހުށީ ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާ އެކުގައެވެ."

ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ މުޖުތަމަޢަކީ އަމާނާތްތެރި، އެއްބަޔަކު އަނެއްބަޔަކަށް އެހީވާ، ހަރުދަނާ މުޖުތަމަޢެއްކަމުގައި ލައްވާނދޭވެ! އަޅަމެންގެ މުދަލުގައި ބަރަކާތްލައްވާނދޭވެ! ހެޔޮ ގޮތުގައި މުދާ ހޯދުމާއި ހޭދަކުރުމަށް މަގުފަހިކޮށްދެއްވައި ހެޔޮ މަގުން ހިނގުމުގެ ތައުފީޤު އަޅަމެންނަށްދެއްވާނދޭވެ! އާމީން! 

މުސްލިމް އަޚުންނޭވެ! މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙުރުމަތްތެރިކުރައްވައިފައިވާ މާތްވެގެންވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، (މުސްލިމުންގެ ޢަދާވާތްތެރިން) ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އެ ދެ ރަށަކީ ޤިޔާމަތާހަމައަށް މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ މުޤައްދަސު ދެ ރަށެވެ. އެއިން ތަނަކަށް ޙަމަލާއެއްދިނުމަކީ މުސްލިމުންގެ ހިތްތައް ހިތާމައިން ކުދިކުދިވެދާވަރުގެ ކަމެކެވެ.

މިއަދު އޮންލައިން