ހާބަރު ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށް ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯއިން އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ހާބަރު ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށް ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯއިން އަންގައިފި

މާލޭގެ ހުޅަނގު ހާބަރު ސަރަޙައްދު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށްޓަކައި، އެ ސަރަޙައްދުގައި ހިންގަމުންދާ ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފިއެވެ.

އެއްބަސްވުމުގައިވާ ގޮތުގެ މަތިން ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި އެ ތަންތަން ހުސްކޮށް، އެސްޓީއޯއާ އަނބުރާ ހަވާލުކުރަން ޖެހޭނެއެވެ. މި މުއްދަތުގެ ތެރޭގައި ޔުނިޓުތައް ހަވާލުކުރުމުން، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ އެއްބަސްވުން ބާތިލުވާނެ ކަމަށް އެސްޓީއޯއިން ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ކުއްޔާއި މަރާމާތު ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފުސީލާއި، އެ ފައިސާ ދެއްކުމުގެ ތާވަލު މި 90 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން އެ ފަރާތްތަކަށް ފޮނުވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ހާބަރު ސަރަޙައްދުގައި ފުޑް ހަޓްތައް ހަދައި، އެ ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ އެސްޓީއޯއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މިއަދު އޮންލައިން