ޕީއެންއެފްގެ މެންބަރުންނަށް ނޭނގި ޕާޓީން ވަކިކުރާ ކަމަށް ކުރާ ތުހުމަތުތައް އީސީން ދޮގުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ޕީއެންއެފްގެ މެންބަރުންނަށް ނޭނގި ޕާޓީން ވަކިކުރާ ކަމަށް ކުރާ ތުހުމަތުތައް އީސީން ދޮގުކޮށްފި

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޮގުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އީ-ފާސް ތަޢާރަފްކުރުމާއެކު ސިޔާސީ ޕާޓީތަކަށް މެންބަރުން ވަނުމާއި ވަކިވުމުގެ ނިޒާމު ވަނީ އިތުބާރު ހުރި، އަދި ދެފުށް ފެންނަ ނިޒާމަކަށް ބަދަލުވެފައެވެ. މިގޮތުން، ކޮންމެ މީހަކަށްވެސް އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިޚްތިޔާރުގައި ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ.

އީސީން ބަޔާންކުރި ގޮތުގައި މިހާރު ޢަމަލުކުރަމުންދާ ހަރުދަނާ ނިޒާމުގެ ތެރެއިން އެއްވެސް ފަރާތަކަށް ނޭނގި ޕާޓީއަކުން ވަކިކުރުމަކީ ކޮމިޝަނަށް ވެސް އަދި އެހެން އެއްވެސް ފަރާތަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ޕީއެންއެފްގެ ފަރާތުން ކޮށްފައިވާ މިފަދަ ދޮގު ތުހުމަތުތައް ކުށްވެރިކޮށް، ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި ސިޔާސީ ކަންކަމުގައި ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީއަށް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން