ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރަސްމީކޮށް އަރުވައިފިއެވެ.

ރައީސް މުޢިއްޒަށް ކޮންގްރެސް ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރެއްވުން އޮތީ އެ ޕާޓީގެ މަތީ މަޖިލީސް ނިންމުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވައި ވާދަކުރެއްވުމަށް ޕާޓީގެ އެންމެހައި މެންބަރުންގެ ފަރާތުން ދެންނެވުމަށްޓަކައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހަށް ހުށައެޅުނު ޤަރާރު ފާސްކޮށްފައިވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހު ބޭއްވި މަތީ މަޖިލީހުގެ ޚާއްޞަ ދަންފަޅީގައެވެ. މި ޤަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 119 މެންބަރުންގެ އިއްތިފާޤުންނެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ޓިކެޓް ދެއްވުމަށް ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެކެވެ. މި ޤަރާރު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވުމެވެ.

މީގެ އިތުރުން، އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން އެމަނިކުފާނަށް ދެވަނަ ދައުރެއް ޙައްޤުވާ ކަމަށްވެސް އެ ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން