ޔާ ﷲ! މިއަޅާގެ ދަރިންނަކީ އިނބަ ﷲ ގެ ދީނުގައި ޘާބިތުވެ ތިބޭ ކަމގައްޔާއި އިނބަ ﷲ ގެ ދީނުގެ ދިފާޢުގައި މަސައްކަތްކުރާ ހިތްވަރުގަދަ ފަހުލަވާނުން ކަމުގައި ލައްވަވާނދޭވެ!
ޔާ ﷲ! މިއަޅާގެ ދަރިންނަކީ ގިނަގިނައިން އިނބަ ﷲ ގެ މަތިން ހަނދުމަކުރާ އަދި އެދަރިންގެ މަތިން އިނބަ ﷲ ހަނދުމަފުޅުކުރައްވަވާ ބައަކު ކަމުގައި ލައްވަވާނދޭވެ!
ޔާ ﷲ! މިއަޅާގެ ދަރިންނަކީ ހުރިހާ ޙާލަތެއްގައިވެސް އިނބަ ﷲ އަށް ކިޔަމަންތެރިވާ އަދި އިނބަ ﷲ ގެ ޙަޟްރަތުން މޫނު އަނބުރައިނުލާނެ ބައަކު ކަމުގައި ލައްވަވާނދޭވެ!
ޔާ ﷲ! މިއަޅާގެ ދަރިންނަކީ އިނބަ ﷲ ގެ ޙަޟްރަތަށް ހިތުގެ އެންމެ ފުންމިނުން ލޯބިވާ ބައަކު ކަމުގައި ލައްވަވާނދޭވެ! އާމީން
އަހުރެން ބުނާނީ މިދުޢާއަކީ ކޮންމެ މުސްލިމަކުވެސް އޭނާގެ ދަރިންނަށްޓަކައި ގިނަގިނައިން ކުރަންޖެހޭ ދުޢާއެއް ކަމަށެވެ. ޝައިޠޯނާގެ ނުބައިކަން މިވަނީ އަހުރެމެން ވަށާލައިފައެވެ. އަހުރެމެންގެ ދަރިންގެ ހިތްތައް އެދަނީ ފުރޮޅެމުންނެވެ. އެކަންކަމުން ސަލާމަތްވުން އޮތީ މިފަދަ ދުޢާތައް ކުރި މިންވަރަކުންނެވެ. އަހުރެން ބުނާނީ މިއީ ރިޒުޤަށް އެދިގެން ކުރާ ދުޢާއަށްވުރެވެސް ގިނައިން ކުރަްނޖެހޭ ދުއާއެއް ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން